ރައްޔިތުންގެ ނޫސް

ރައްޔިތުންގެ ނޫސް

އިންޑިއާގައި ދެބުރި ބަހެއް ފުރޮޅާލައި 5 މީހުން މަރުވެއްޖެ

އިންޑިއާގައި ދެބުރި ބަހެއް ފުރޮޅާލައި 5 މީހުން މަރުވެއްޖެ

އިންޑިއާގައި ބަހުގެ ޚިދުމަތްދޭ އަމިއްލަ ކުންފުންޏެއްގެ އެބަސް ފުރޮޅާލި ހާދިސާގައި މަރުވެފައި ވަނީ، އަންހެނަކާއި ފިރިހެނެއްގެ އިތުރުން ކުޑަ ތިންކުދިންނެވެ. ހާދިސާ ހިނގާފައި ވަނީ އިއްޔެ ހަވީރު، ލަކްނޫ އެކްސްޕްރެސްވޭގައެވެ. މިހާދިސާގައި 14 މީހުން މަރުވިއެވެ.

އިތުރަށް ކިޔާ
ވެމްކޯ މުވައްޒަފު ވެއްޓުނު އެކްސިޑެންޓްގެ މައްސަލަ ބަލަމުންދާކަމުގައި ފުލުހުން ވިދާޅުވެއްޖެ

ވެމްކޯ މުވައްޒަފު ވެއްޓުނު އެކްސިޑެންޓްގެ މައްސަލަ ބަލަމުންދާކަމުގައި ފުލުހުން ވިދާޅުވެއްޖެ

އަދި އެހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން އަންނަ ކަމުގައިވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިހާދިސާގައި އަނިޔާވެފައި ވަނީ، ވެމްކޯގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 42 އަހަރުގެ ހަސަން ނާޒިރު ނަމަކަށް ކިޔާ މުވައްޒަފަކަށެވެ. އޭނާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުންވެސް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާ
ރޭމްޕް މަތިން ވެއްޓި ވެމްކޯގެ މުވައްޒަފަކު ސީރިއަސް ހާލަތުގައި

ރޭމްޕް މަތިން ވެއްޓި ވެމްކޯގެ މުވައްޒަފަކު ސީރިއަސް ހާލަތުގައި

އެކަމުގެ މައުލޫމާތު ލިބިފައިވާ އިތުބާރު ހުރި ފަރާތަކުން ކިޔައިދިން ގޮތުގައި މިއެކްސިޑެންޓް ހިނގާފައި ވަނީ، އާދީއްތަ ދުވަހުގެ ރޭ މެންދަމު 3:00 ހާއިރުގައެވެ. މިހާދިސާގައި އަނިޔާވެފައި ވަނީ، ވެމްކޯގައި މަސައްކަތް ކުރަމުން އަންނަ ހަސަން ނާޒިރު ނަމަކަށް ކިޔާ މުވައްޒަފަކަށެވެ. އެހެން ނަމަވެސް މި އެކްސިޑެންޓާއި ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ވެމްކޯއިން ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާ
ވަގަށް ބޭރުކުރަން އުޅުނު ހުއިފިލަނޑާތަކެއް ލަންކާ ސިފައިން އަތުލައިގެންފި

ވަގަށް ބޭރުކުރަން އުޅުނު ހުއިފިލަނޑާތަކެއް ލަންކާ ސިފައިން އަތުލައިގެންފި

ސްރީލަންކާގެ ކަނޑުގެ ސިފައިން ހާމަކޮށްފައިވާގޮތުގައި އެތަކެތި އަތުލައިގެންފައި ވަނީ ސްރީލަންކާގެ ހުޅަނގުން، ކަލަޕިޓިޔާ މޮމްހޮއްތުވަރަމް ކަނޑުގެ ސަރަހައްދުންނެވެ. އެސަރަހައްދުން އެތަކެތި އަތުލައިގެންފައި ވަނީ، ޑިންގީއެއްގައި އުފުލަނިކޮށެވެ.

އިތުރަށް ކިޔާ
ކުޅުދުއްފުށީ މަށިކުޅި ތެރޭގައި އޮތް ކަހަނބެއް ސަލާމަތްކޮށް މޫދަށް ދޫކޮށްލައިފި

ކުޅުދުއްފުށީ މަށިކުޅި ތެރޭގައި އޮތް ކަހަނބެއް ސަލާމަތްކޮށް މޫދަށް ދޫކޮށްލައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، ކުޅިތަކާއި ޗަސްބިންތަކަކީ ނާޒުކު އަދި ހާއްސަ މާހައުލުތަކަކަށް ވާތީ، އެ ތަންތަން އޭގެ ގުދުރަތީ ގޮތަށް ބެހެއްޓުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި މިފަދަ މާހައުލުތަކުގައި ގުދުރަތީ ގޮތުން ނޫޅޭ، ދިރުންތައް އެތަން ތަނަށް ދޫކުރުމަކީ، މާހައުލުގެ ގުދުރަތީ ސިފަތައް ގެއްލި، އެ ދޫކުރެވޭ ދިރުންތަކަށާއި މުޅި މާހައުލަށް ވެސް ގެއްލުންވެދާނެ ކަމެއްކަންވެސް އެކައުންސިލުން ފާހަގަކޮށްފައި ވެއެވެ.

އިތުރަށް ކިޔާ
ސްކޫލް ޕީޓީއޭއިން ހޯދާ ފައިސާގެ %60 ސްކޫލުގެ އުމުރާނީ ތަރައްޤީއަށް ޚަރަދުކުރަން ދޭންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި

ސްކޫލް ޕީޓީއޭއިން ހޯދާ ފައިސާގެ %60 ސްކޫލުގެ އުމުރާނީ ތަރައްޤީއަށް ޚަރަދުކުރަން ދޭންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިއްޔެ ސްކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާގައި ވިދާޅުވެފައި ވަނީ، 2026 ވަނަ އަހަރަށް ސްކޫލުތަކުގެ ޕީޓީއޭތައް އެކުލަވާލުމުގައި އަމަލުކުރަންވާނީ، މިހާރު އިސްލާޙްކޮށްފައިވާ ޑްރާފްޓްއާ އެގޮތަށް ކަމަށެވެ. އަދި ސްކޫލުތަކުގެ ޕީޓީއޭތައް އެކުލަވާލައި ހިންގާނެ ގޮތުގެ އުސޫލުގެ ފައިނަލް ޑޮކިއުމެންޓް ފަހުން ހިއްސާކުރާނެ ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާ
ފަހު 10ގެ ބަންދުގައި ހާޟިރީ އެލަވަންސް ނުދޭގޮތަށް ހަމަޖައްސައިފި

ފަހު 10ގެ ބަންދުގައި ހާޟިރީ އެލަވަންސް ނުދޭގޮތަށް ހަމަޖައްސައިފި

އެކަމުގެ ކަންބޮޑުވުން ހިއްސާކުރެއްވި ބޭފުޅަކު ވިދާޅުވީ، ރަމަޟާން މަހުގެ ފަހު 10ގެ ދުވަސްތައް ސަރުކާރު ބަންދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި އިރު އެބަންދުގެ ސަބަބުން މުސާރައަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ވިދާޅުވި ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ޙާޟިރީ އެލަވަންސަށް ބަދަލު ގެނައުމާއެކު ބައެއް މުވައްޒަފުންގެ މުސާރައިން 3000ރ އުނިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާ
އީޝާ ބުނީ ވަގުތު ޖެހުމުން އޭނާގެ ވާހަކަވެސް އިވޭނެ ކަމަށް!

އީޝާ ބުނީ ވަގުތު ޖެހުމުން އޭނާގެ ވާހަކަވެސް އިވޭނެ ކަމަށް!

އީޝާގެ ސޯޝަލްމީޑިއާ އެކައުންޓްތަކުގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ، އިރާދަ ކުރެއްވިއްޔާ، ރަނގަޅު ވަގުތެއްގައި ކޮންމެވެސް ދުވަހެއްގައި ކޮންމެވެސް ތަނެއްގައި އޭނާގެ ވާހަކަވެސް އިވިގެންދާނެކަމަށެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: މަންމަ

ކުރުވާހަކަ: މަންމަ

އޭނާ ކިޔައިދިނީ އެހިތި މާޒީއެވެ. ޒަރީނާއަކީ ޅަދުވަހުގެ ލޯބިވެރިން ކަމުގައެވެ. އެލޯބީގެ ދީވާނާކަމުގައި އެމީހުންނަށް ގޯހެން ހެދުނީއެވެ. އޭނާ ކޯހެއްގައި ފުރައިގެން ދާންޖެހުނު އިރު ޒަރީނާ ބަލިވެ އިންކަމެއް ނޭނގެއެވެ. އަހަރު ދުވަސްފަހުން އޭނާ އެނބުރި އައިރު، ހޮސްޕިޓަލަށް ނުގެންގޮސް ގޭގައި ވިއްސުމުން ލިބުނު އަނިޔާގައި ޒަރީނާ އޮތީ ޕެރަލައިޒްވެފައެވެ. ވިހޭކުއްޖާ ޒަރީނާއަށްވެސް ނުދައްކައި ގޮނޑަށް އެއްލާލީ ކުއްޖާގެ މާމައެވެ. ދުނިޔޭގެ ލަދުން ސަލާމަތްވާށެވެ.

އިތުރަށް ކިޔާ
ކުޑަކުދިންގެ ޕާކުތައް ހަދަން 14 ރަށަކަށް ތަކެތި ފޮނުވައިފި

ކުޑަކުދިންގެ ޕާކުތައް ހަދަން 14 ރަށަކަށް ތަކެތި ފޮނުވައިފި

އެމިނިސްޓްރީން ވިދާޅުވީ، މި ފަހަރު ޕާކު ސެޓްތައް ފޮނުވާފައިވަނީ އާރްޑީސީއާ ހަވާލުކޮށްފައިވާ 2 ރަށަކަށާއި، ފެނަކައާއި ހަވާލުކޮށްފައިވާ 6 ރަށާކަށާއި އަދި އެސްޓީއޯގެ ސީއެސްއާރުގެ ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ 2 ރަށެއްގެ އިތުރުން އެމްޓީސީސީން އެމަސައްކަތް ކުރިއަށް ގެންދާ 4 ރަށަށެވެ.

އިތުރަށް ކިޔާ
ބުދަ ދުވަހުން ފެށިގެން ދަތުރުކުރެވޭނީ ފެރީ ޓިކެޓް ގަނެގެން

ބުދަ ދުވަހުން ފެށިގެން ދަތުރުކުރެވޭނީ ފެރީ ޓިކެޓް ގަނެގެން

އެމްޓީސީސީން ވިދާޅުވީ، ނިލަންދެއަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ފަހުގައި، އަޖުމަބެލުމުގެ ގޮތުން ކަސްޓަމަރުންނަށް 1 ހަފްތާ ވަންދެން ހިލޭ ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިދީފައި އޮތް މުއްދަތު މާދަމާގެ ނިޔަލަށް ނިމޭނެ ކަމަށެވެ. އެހެންކަމުން 25 ފެބުރުއަރީ 2025ވާ ބުދަ ދުވަހުން ފެށިގެން، ފ އަތޮޅާއި ދ އަތޮޅުގައި ދެމުން އަންނަ އާރްޓީއެލް ފެރީގެ ޚިދުމަތް ހޯދުމަށް ޓިކެޓް ނަގަން ޖެހޭނެ ކަމުގައި އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާ
ޓީޗަރުން ނަމޫނާ ދައްކަން ޖެހޭ، އެކަމަކު މައްސަލަތަކުގެ ވާހަކަ ދައްކައިގެން ނުވޭ!

ޓީޗަރުން ނަމޫނާ ދައްކަން ޖެހޭ، އެކަމަކު މައްސަލަތަކުގެ ވާހަކަ ދައްކައިގެން ނުވޭ!

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ އިސްވެރިންނަކީ، ކޮންމެ 5 އަހަރަކުން އެއްފަހަރު ބަދަލުވާ ސިޔާސީ ބައެކެވެ. އެހެންވެ ޤައުމު ބިނާކުރުމުގެ ފަންނުވެރީންކަމުގައި ޓީޗަރުންގެ މައްޗަށް ބަސްކިޔައި ގޮތްކިޔައި، ނިންމުންތައް ނިންމަން ބައެއް ފަހަރުތިބެނީ، ސިޔާސީ ކުލަވަރާއި އަމިއްލަ އެދުމާއި އަދި ނަފުސުގެ ދަހިވެތިކަމުގައި، ވަގުތީ މަންފާއަކަށް އެކަނި މަސައްކަތް ކުރާ ބައެކެވެ. ޤައުމުގެ މުސްތަޤުބަލަށް ވިސްނުމަށްވުރެ އެމީހުނަށް މުހިއްމު ވެފައި އޮތީ އެބައެއްގެ ވެރިކަމުގައި ތިބޭއިރު، ޓީޗަރުން އޮބަހައްޓައިގެން ދޮގާއި ބޭއިންސާފާއި، އަނިޔާ ފަތުރައި މަކަރުވެރިކަމުގައި ވެރިކަމުގެ ބާރުތައް ދެމެހެއްޓުމަށެވެ.

އިތުރަށް ކިޔާ
ޝަފީޢު ޖޭއެސްސީއަށް ޢައްޔަނުކުރައްވައިފި

ޝަފީޢު ޖޭއެސްސީއަށް ޢައްޔަނުކުރައްވައިފި

އެމަޤާމަށް ޝަފީޢު އައްޔަނުކުރައްވަިއ ފަތްކޮޅު ހަވާލުކުރައްވާފައި ވަނީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި، ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އަލްއުސްތާޛު ޙަސަން ޝަފީޢު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ޙަސަން ޝަފީޢުއަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ.

އިތުރަށް ކިޔާ
އުކާލާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ނުވިކަން އަންގައިފި

އުކާލާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ނުވިކަން އަންގައިފި

އެމްއެފްޑީއޭއިން އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް، ވިޔަފާރީގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެފަދަ ފުޅިތަކަކީ، އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ގޮތަށް ވަކި ވައްތަރެއްގެ ޕްލާސްޓިކް ނުވަތަ ޕޮލިއެތިލީން ޓެރަތަޔަލޭޓް )ޕީއީޓީ(ން ތައްޔާރުކޮށްފައިވާ ފުޅިތަކެއް ކަމަށް ވުމާއިއެކު، އެއްފަހަރަށް ވުރެ ގިނަ ފަހަރު އެފުޅިތައް ބޭނުން ކުރުމަކީ، އެކަމުގެ ސަބަބުން ސިއްޙަތަށް ނުރައްކާވާނޭ ކަމެއް ކަމުގައިވެސް އެމްއެފްޑީއޭއިން ފާހަގަކޮށްފައި ވެއެވެ.

އިތުރަށް ކިޔާ
ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން އުފައްދާ ކޮމިޓީތަކުގައި ބައިވެރިވުމުގެ ފުރުޞަތު

ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން އުފައްދާ ކޮމިޓީތަކުގައި ބައިވެރިވުމުގެ ފުރުޞަތު

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ،" އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" އަދި މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" އަށެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: އެންމެ ކުށަކުން، އެހެނަސް ... މުޅި ޢުމުރަށް! )ފަހުބައި)

ކުރުވާހަކަ: އެންމެ ކުށަކުން، އެހެނަސް ... މުޅި ޢުމުރަށް! )ފަހުބައި)

"އޭ ކައުނުގެ ވެރި އިލާހެވެ. އަޅުގެ ކުށެއް ނުވާކަމުގެ މައްޗަށް ހެކިވެ ވޮޑިގަންނަވާށިއެވެ" އެހެނީ ފަޒީނާ މަރުވުމަށްފަހު ދެން ހަޤީޤަތް ހާމަކޮށް އޭނާ ބަދުނާމު ކުރާކަށް ޝަބީނެއް ނޭދެއެވެ. ހިތާމައެއް ފިޔަވައި ލިބޭނެ އިތުރު އެއްޗެއް ނެތުމާއިވެސް އެކުގައެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: އެންމެ ކުށަކުން، އެހެނަސް ... މުޅި ޢުމުރަށް! (ފުރަތަމަ ބައި)

ކުރުވާހަކަ: އެންމެ ކުށަކުން، އެހެނަސް ... މުޅި ޢުމުރަށް! (ފުރަތަމަ ބައި)

"ކީއްކުރަން މިއަދު ޑޮކްޓަރަށް ދައްކަން ދިޔައީ، މަށަށް އަންގާވެސް ނުލާ" ޝަކުވާގެ ރާގަކަށް ޝަބީން ބުންޏެވެ. ފަޒީނާއަށް އަނެއްކާވެސް ތެޅިގަނެވުނެވެ. ޝަބީންއަށް އެނގުނީ ކިހިނެއްބާވައެވެ. ފަޒީނާ އައީ އެވާހަކަތައް ޝަބީންއަށް ނޭންގުމަށް ޑޮކްޓަރުގާތުގައި އެދިފައެވެ. ރަނގަޅުވަގުތެއްގައި ޝަބީނަށް ހަޤީޤަތް ހާމަކޮށް ދޭނެކަމަށް ވަޢުދުވެފައެވެ.

އިތުރަށް ކިޔާ