ރައްޔިތުންގެ ނޫސް

ރައްޔިތުންގެ ނޫސް

ޢުމުރާ ގުރޫޕްތަކުން ގެންދިޔަ ކާބޯތަކެތި ސަޢޫދީއަށް އެތެރެކުރިޔަ ނުދީ ހިފަހައްޓައފި

ޢުމުރާ ގުރޫޕްތަކުން ގެންދިޔަ ކާބޯތަކެތި ސަޢޫދީއަށް އެތެރެކުރިޔަ ނުދީ ހިފަހައްޓައފި

މިގޮތުން ސަޢޫދީ އެފްޑީއޭއިން އޮންނަ އުސޫލާއި އެއްގޮތަށް ފެކްޓްރީ ޕެކިންގައި ހުންނަ ކާބޯތަކެއްޗާއި، އަދި ގޭގައި އުފައްދާ ކާބޯތަކެތީގެ ތެރެއިން ޢަރަބިބަހާއި އިނގިރޭސި ބަހުން ލޭބަލްކޮށްފައި ހުންނަ ކާބޯތަކެތިވެސް ބައެއް ފަހަރު ހިފަހައްޓައި އަދި ބައެއް ފަހަރު ދޫކޮށްލައެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: ވަޢުދު

ކުރުވާހަކަ: ވަޢުދު

އަހަރެމެންގެ ދިރިއުޅުމަށް ވަންނަން އޭނާ ނާންނާނެކަން އެނގޭނީ އަހަރެންނަށެވެ. މީހެއްގެ އަނތްބަކަށް އަހަރެން ވުމަށްފަހު އަހަރެންދެކެ ކިތަންމެ ލޯބިވިޔަސް އަހަރެންނާއި ދިމާއަށް ބަލައިވެސް ނުލުމަށް އޭނާ އޮތީ ވައުދުވެފައެވެ. އެވައުދު އޭނާ ފުއްދާނެއެވެ. އެކަން އަހަރެންނަށް މެންދުރުގެ އިރު ފަދައިން ޔަޤީނެވެ.

އިތުރަށް ކިޔާ
ސަލާމްބުނުން އިތުރުވަމުންދާކަމަށް ބުނެ އައިޖީއެމްއެޗުން ފިޔަވަޅު އަޅަން ނިންމައިފި

ސަލާމްބުނުން އިތުރުވަމުންދާކަމަށް ބުނެ އައިޖީއެމްއެޗުން ފިޔަވަޅު އަޅަން ނިންމައިފި

އެގޮތުން، އެހެން ޑިޕާޓުމެންޓްތަކަށް މުވައްޒަފުން ބަދަލުކުރުމާއި، 3 މަސްދުވަސްވަންދެން ޑިއުޓީ ބަދަލުކުރުން މަނާކުރުމުގެ އިތުރުން، ބްރޭކް ގަޑިއަކީ ރަސްމީގަޑީގެ އެންމެ ފަހު ގަޑިކަމަށް ހެދުމުގެ ފުރުސަތު 3 މަސްދުވަސް ވަންދެން ނުލިބޭނެ ވާހަކަ މެމޯގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ބޭނުންވާ ދުވަސްތައް އޮފް ދުވަސް ނުވަތަ ބަންދު ދުވަސް ގޮތުގައި ނުހެދޭނެކަމަށް ބުނެފައިވެއެވެ.

އިތުރަށް ކިޔާ
ޚާމަނާއީ ޝަހީދުކޮށްލުން ރައީސް މައުމޫން ކުއްވެރި ކުރައްވައިފި

ޚާމަނާއީ ޝަހީދުކޮށްލުން ރައީސް މައުމޫން ކުއްވެރި ކުރައްވައިފި

އެ އަނިޔާވެރި އަދި ހައްދުފަހަނަ އަޅާފައިވާ އެމެރިކާ އާއި އިޒްރޭލުގެ ޢަމަލު ކުއްވެރި ކުރައްވައި، ރައީސް މައުމޫނު ވަނީ އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އިނގިރޭސި ބަހުން ޕޯސްޓެއް ކުރައްވާފައެވެ. ރައީސް މައުމޫނުގެ ޕޯސްޓުގައި ވަނީ، ޚާމަނާއީގެ ފުރާނަފުޅަށް ރަޙްމަތްލެއްވުމަށާއި، އަދި އާއިލާއަށް ކެތްތެރިކަން ދެއްވައި އީރާންގެ ރައްޔިތުންނަށް ގަދަކަން ދެއްވުން އެދި ދުޢާކުރައްވާފައެވެ.

އިތުރަށް ކިޔާ
އެމެރިކާ އާއި އިޒްރޭލަށް ވާގިވެރިވާ ކޮންމެ ޤައުމަކަށްވެސް ހަމަލާދޭނަން: އިރާން

އެމެރިކާ އާއި އިޒްރޭލަށް ވާގިވެރިވާ ކޮންމެ ޤައުމަކަށްވެސް ހަމަލާދޭނަން: އިރާން

އީރާނުން ބުނެފައި ވަނީ، އީރާނުން ހަމަލާދެމުން ދަނީ، އެމެރިކާ އާއި އިޒްރޭލުން ޢަރަބި ޤައުމުތަކުގައި ޤާއިމްކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށާޢި، އެޤައުމުތަކުގައި ހުރި އެފަރާތްތަކުގެ މުދަލަށް ކަމަށެވެ. އަދި އީރާނަށް އޮތް ނުރައްކާތައް ނައްތައިލެވޭނީ، އެފަދަ މަރުކަޒުތައް ހަލާކުކޮށްލައިގެން ކަމުގައި އީރާނުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާ
ރާއްޖެ އޮތީ އިޒްރޭލާއި އެމެރިކާއަށް ވާގިވެރިވާ ޢަރަބި ޤައުމުތަކާއި އެކުގައި: ރައީސް

ރާއްޖެ އޮތީ އިޒްރޭލާއި އެމެރިކާއަށް ވާގިވެރިވާ ޢަރަބި ޤައުމުތަކާއި އެކުގައި: ރައީސް

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ޚާމަނާއީ ޝަހީދުކޮށްލުން ކުއްވެރިކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ. އަދި އީރާނުގެ އަންހެން ކުޑަކުދިންތަކެއް ކިޔަވަމުން ދިޔަ ސްކޫލަކަށް އިޒްރޭލާއި އެމެރިކާއިން ބޮން އަޅައި 100 ވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލުންވެސް ކުއްވެރިއެއް ނުކުރެއްވިއެވެ.

އިތުރަށް ކިޔާ
ޚާމަނާއީގެ އަނބިކަނބަލުންވެސް ޝަހީދުވެއްޖެ

ޚާމަނާއީގެ އަނބިކަނބަލުންވެސް ޝަހީދުވެއްޖެ

އެކަމަނާ ޝަހީދުވީ، އަވަހާރަކޮށްލުމަށް އީރާންގެ ރޫޙީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލުމަށް އިޒްރޭލާއި އެމެރިކާއިން ގުޅިގެން ދިން ވައިގެ ހަމަލާތަކުގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ހޮސްޕިޓަލްގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: ހިތް ރޯވަރުން

ކުރުވާހަކަ: ހިތް ރޯވަރުން

ކޮނޑަށް ގޯންޏެއް ލައިގެން އައި މުސްކުޅި ކާފަ ރާޒީފެނުމާއި އެކު ހުއްޓީ ބިންމަތީގައި ގޯނި ބަހައްޓާފައި ގާތަށް އައުމަށް އަތުން ހަނައަޅާލިއެވެ. ކާފަހުރީ ތެމިފައެވެ. އެއީ ގޮނޑުދޮށުން މޫދަށް އެރިގެންކަން އެނގެއެވެ. ރާޒީ ކާފަގާތުގައި ގޮސްހުއްޓުމުން ހިނިތުންވެލާފައި ކާފަ ގޯނީގެ ތުން ހުޅުވައި ރާޒީއަށް ދައްކާލިއެވެ. އަސްތާ! މާވަހަރެކެވެ. ހުދަންބަރު މާވަހަރެކެވެ. ކާފަ އެއައީ މާވަހަރެއް ހޮވައިގެންނެވެ.

އިތުރަށް ކިޔާ
އެމެރިކާގެ 3 ފައިޓާޖެޓު ކުވައިތުގެ ވައިގެ ސަރަހައްދުން ވައްޓާލައިފި

އެމެރިކާގެ 3 ފައިޓާޖެޓު ކުވައިތުގެ ވައިގެ ސަރަހައްދުން ވައްޓާލައިފި

މިއީ ހަނގުރާމަ ފެށުނު ފަހުން އެމެރިކާ ސިފައިންނަށް އޮޅިގެން އެމެރިކާގެ ބޯޓުތަކެއް ވައްޓައިލި ފުރަތަމަ ފަހަރެވެ. މިކަން ކުވައިތާއި އެމެރިކާއިން ފާހަގަކޮށްފައި ވަނީ އެކްސިޑެންޓެއްގެ ގޮތުގައެވެ. އެއަރޑިފެންސް ސިސްޓަމުން ދިން ހަމަލާތައް އަރައި ވެއްޓިފައި ވަނީ، އެފް-15އީ، ސްޓްރައިކް އީގަލްގެ ނަންދީފައިވާ މަރުކާގެ ހަނގުރާމަމަތީ ބޯޓުތަކެކެވެ. މިއިން ކޮންމެ ބޯޓެއްގެ އަގަކީ 120 މިލިޔަން އެމެރިކާ ޑޮލަރެވެ.

އިތުރަށް ކިޔާ
ޚިދުމަތްދޭނެ މުވައްޒަފެއް ނެތުމުން ރައްޔިތުން ކައުންސިލް އިދާރާ ބަންދުކޮށްފި

ޚިދުމަތްދޭނެ މުވައްޒަފެއް ނެތުމުން ރައްޔިތުން ކައުންސިލް އިދާރާ ބަންދުކޮށްފި

ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާޢު ޢަލީ ވިދާޅުވީ، ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ރަކީދޫ ކައުންސިލް އިދާރާ ބަންދުކުރީ، އެކައުންސިލް އިދާރާގައި އެއްވެސް މުވައްޒަފަކު ނެތުމުން ރައްޔިތުންނަށް ކައުންސިލް އިދާރާއިން ލިބެންޖެހޭ އެއްވެސް ޚިދުމަތެއް ލިބެމުން ނުދާތީ އެކަމާއި މެދު ހިތްހަމަ ނުޖެހިގެން ކަމަށެވެ.

އިތުރަށް ކިޔާ
އީޜާނުގެ ސްޕްރީމް ލީޑަރު ޝަހީދުކޮށްލުމުން ތައުޒިޔާ ވިދާޅުނުވި ސަބަބެއް ހާމަކުރައްވަން ރައީސް ދެކޮޅު ހައްދަވައިފި

އީޜާނުގެ ސްޕްރީމް ލީޑަރު ޝަހީދުކޮށްލުމުން ތައުޒިޔާ ވިދާޅުނުވި ސަބަބެއް ހާމަކުރައްވަން ރައީސް ދެކޮޅު ހައްދަވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ދައުރު ނޫހުގެ ނޫސްވެރިޔާ މުޒައްޔިން އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން ސީދާ ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބެއް ނުދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ހިނގަމުން އަންނަ ހަނގުރާމައިގައި ދެފަރާތުންދޭ ހަމަލާތައްވެސް ކުއްވެރި ކުރާ ކަމަށެވެ. އަދި ދިވެހިރާއްޖެއިން އޮތީ ޢަރަބި އިސްލާމީ ޤައުމުތަކާއި އެކުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިތުރަށް ކިޔާ
އީރާނުގެ ރޫޙީ ލީޑަރު ޝަހީދުކޮށްލުމުން ދިވެހި ސަރުކާރު ހަނު އޮތުމުން ފާޑުކިޔަނީ

އީރާނުގެ ރޫޙީ ލީޑަރު ޝަހީދުކޮށްލުމުން ދިވެހި ސަރުކާރު ހަނު އޮތުމުން ފާޑުކިޔަނީ

އީރާނަކީ ދިވެހިރާއްޖެއާ ސިޔާސީ ގުޅުން ޤާއިމްކޮށްފައިވާ ޤައުމެކެވެ. މީގެ ކުރިންވެސް އީރާނުގެ ވެރިން އަވަހާރަވުމުގެ ހާދިސާތަކާއި ގުޅިގެން ދިވެހިރާއްޖެއިން ތަޢުޒިޔާ ކިޔައި ހިތާމައިގައި ބައިވެރިވެފައި ވެއެވެ. އަދި ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.

އިތުރަށް ކިޔާ
އީރާނުގެ ކުރީގެ ރައީސްވެސް ޝަހީދުކޮށްލައިފި

އީރާނުގެ ކުރީގެ ރައީސްވެސް ޝަހީދުކޮށްލައިފި

އިސްރާއީލާއި އެމެރިކާއިން އީރާނާއި ދެކޮޅަށް އިއްޔެ ހަގުރާމަފެށި އިރު، އެންމެ ފުރަތަމަވެސް ހަމަލާތައް އަމާޒު ކުރީ އީރާންގެ ސަރުކާރުގެ އޮފީސްތަކާއި އީރާންގެ ލީޑަރުންގެ ގެކޮޅުތަކަށެވެ. ވައިގެ ހަމަލާތަކުގައި އީރާންގެ ރޫޙީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީވެސް އިއްޔެ ވަނީ ޝަހީދުކޮށްލާފައެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ؛ ދުޢާ

ކުރުވާހަކަ؛ ދުޢާ

އެއީ އަހަރެންނަށް ލިބުނު ބަޔާން ނުކުރެވޭ ވަރުގެ އުފަލެވެ. ހިތްހަމަ ޖެހުމެކެވެ. އޭނާ އަހަރެންނާއި ވަކިވީ، ދިވެހި ސަރުކާރަށް އަހަރެންގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވައުދުވެފައެވެ. އަދި ބައިނަލް އަޤުވާމީ މީޑިޔާތަކަށާއި ރާއްޖޭގެ މީޑިޔާތަކަށް އަހަރެން ދިރި ދުނިޔޭގައި އެބަހުރި ކަމުގެ ޚަބަރު ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފައެވެ. އެކަމަކު އަނެއްކާވެސް އެހުރިހާ އުންމީދެއް ފެނަށްވީއެވެ.

އިތުރަށް ކިޔާ
ޚާމަނާއީ ޝަހީދުވެފައި ވާކަން އީރާނުގެ ޤައުމީ ޓީވީން އިޢުލާނުކޮށްފި

ޚާމަނާއީ ޝަހީދުވެފައި ވާކަން އީރާނުގެ ޤައުމީ ޓީވީން އިޢުލާނުކޮށްފި

އީރާންގެ ރޫޙީ ލީޑަރުގެ މަޤާމަށް ޚާމަނާއީ ޢައްޔަނު ކުރެއްވުނީ، 4 ޖޫން 1989ގައި، އީރާނުގެ ދީނީ އިންޤިލާބީ ލީޑަރު، އަދި އީރާނުގެ ފުރަތަމަ ރޫޙީ ލީޑަރު، އާޔަތުﷲ ރޫޙުﷲ ޚުމައިނީ 3 ޖޫން 1989ގައި އަވަހާރަވުމުންނެވެ.

އިތުރަށް ކިޔާ
އެމެރިކާ އާއި އިޒްރޭލް ގުޅިގެން ތެހެރާނަށް ހަމަލާދިނީ އީރާނުގެ ވެރިން އަވަހާރަކޮށްލުމަށް!

އެމެރިކާ އާއި އިޒްރޭލް ގުޅިގެން ތެހެރާނަށް ހަމަލާދިނީ އީރާނުގެ ވެރިން އަވަހާރަކޮށްލުމަށް!

ޓްރަމްޕް މީގެ ކުރިންވެސް ވަނީ މަޝްވަަރާތަކުގައި އެމެރިކާއިން ބޭނުންވާ ގޮތަށް އީރާނުން އެއްބަސް ނުވާނަމަ ހަމަލާދޭނެކަން އިއުލާނުކޮށްފައެވެ. މިގޮތުން މިއަދުގެ ހަމަލާތަކަކީ، އީރާނުގެ ލީޑަރުން ހުއްޓުވުމަށް އެމެރިކާ އާއި އިޒްރާއީލް ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއް ކަމުގައި އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.

އިތުރަށް ކިޔާ
އެމެރިކާއިން އީރާނަށް މިއަދު ހަމަލާދީފައިވާކަން ޓްރަމްޕް އިއުލާންކުރައްވައިފި

އެމެރިކާއިން އީރާނަށް މިއަދު ހަމަލާދީފައިވާކަން ޓްރަމްޕް އިއުލާންކުރައްވައިފި

ޓްރަމްޕް ދެއްވި ބަޔާނުގައި ވިދާޅުވީ، އީރާނުގެ އިސްލާމީ އިންޤިލާބަށްފަހުގައި، އީރާނުން އަންނަނީ އެމެރިކާ ނައްތާލުމަށް ގޮވާލައި އަދި އެމެރިކާގެ ރައްޔިތުން މަރަމުން ކަމަށެވެ. މިގޮތުން ފާއިތުވި އަހަރުތަކުގައި އެމެރިކާގެ އަސްކަރިއްޔާ އާއި އެމެރިކާ އާއި ދެކޮޅަށް ހަނގުރާމަވެރި ޖަމާޢަތްތަކުން ދީފައިވާ ހަމަލާތަކަކީ، އީރާނުގެ މަދަދު ލިބިގެން ދީފައިވާ ހަމަލާތަކެއް ކަމުގައި، ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާ
އިޒްރާއީލުން އީރާނަށް ހަމަލާދީ ހަނގުރާމަ ފަށައިފި

އިޒްރާއީލުން އީރާނަށް ހަމަލާދީ ހަނގުރާމަ ފަށައިފި

އީރާނުން އެމެރިކާގެ ހުށައެޅުންތަކާއި ދެކޮޅު ހަދާނަމަ އަސްކަރީ ބާރުގެ ބޭނުން ކުރާނެކަމަށް އެމެރިކާއިން ބުނެފައި ވީނަމަވެސް، އެމެރިކާ އޮތީ، އިސްވެ ހަނގުރާމަ ފަށަށް ފަސްޖެހިފައެވެ. އެހެން ނަމަވެސް އިޒްރޭލުން އައީ އީރާނާއި ދެކޮޅަށް އެމެރިކާއިން ހަނގުރާމަކުރުމަށް ބާރު އަޅަމުންނެވެ.

އިތުރަށް ކިޔާ
ހަނގުރާމަ އާއި ގުޅިގެން ރާއްޖެއިން ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިފި

ހަނގުރާމަ އާއި ގުޅިގެން ރާއްޖެއިން ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިފި

ހީނާ ވަލީދު ވިދާޅުވީ، މިއީ، މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ޙައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަޤްޞަދުގައި އެކުލަވާލެއްވި ކޮމިޓީއެއްކަމަށެވެ.

އިތުރަށް ކިޔާ