ވިކުރާ

ޕިންކް ފްލެޓްތައް ބެލެހެއްޓުން 8 އަހަރު ފަހުން އެޗްޑީސީއާ ހަވާލުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޕިންކް ފްލެޓްތައް ބެލެހެއްޓުން 8 އަހަރު ފަހުން އެޗްޑީސީއާ ހަވާލުކޮށްފި

ހުޅުމާލެ ފޭސް 1ގެ އޭރިއަލް --- ފޮޓޯ: ރައްޔިތުންގެ ނޫސް

2017 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު، ގެދޮރުވެރިޔާ ހައުސިން ސްކީމްގެ ތެރެއިން ދޫކުރި ފްލެޓްތައް (ޕިންކް ފްލެޓްތައް) ބެލެހެއްޓުން، ސަރުކާރުން އެޗްޑީސީއާ ހަވާލުކޮށްފިއެވެ.

ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން، 2013 ވަނަ އަހަރު ރައީސް ޑރ، މުޙައްމަދު ވަޙީދުގެ ސަރުކާރުގައި ހުޅުމާލެ ފޭސް 1ގައި އަޅަންފެށި މި 704 ފްލެޓްގެ މަސައްކަތް ނިންމައި މީހުން ދިރިއުޅުމަށް ދޫކޮށްފައި ވަނީ 2017 ވަނަ އަހަރުގައެވެ. އޭގެ ފަހުން އެ ފްލެޓްތަކުގެ މެއިންޓަނަންސް މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރަމުން އައީ އަމިއްލަ ފަރާތްތަކާއި ހަވާލުކޮށްގެނެވެ. އަދި އެފްލެޓްތައް އެޗްޑީސީއާ ހަވާލުނުކޮށް އޭރު ހަވާލުކޮށްފައިވަނީ، ހައުސިންގ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، (އެޗްޑީއެފްސީ)އަށެވެ. އެހެންވެ އެފްލެޓްތަކުގެ ކުލި ދައްކަން ޖެހެނީ، އެޗްޑީސީގެ ބަދަލުގައި އެޗްޑީއެފްސީއަށް ކަމަށްވާތީ، އެ 704 ފްލެޓްގައި ދިމާވާ އެއްވެސް ކަމަކަށް އެޗްޑީސީން ޒިންމާއެއް ނުވެއެވެ،

އެ ފްލެޓް އިމާރާތްތަކުގެ ޖަންކްޝަންތައް ބެދުމާއި، ނަޖިސްލީކުވުމާއި އަދި ބައެއް ފްލެޓްތަކުގެ ޝީޓްތަކުން ފެންލީކުވުމާއި، ފާޚާނާތަކުގެ މައިހޮޅިތައް ބެދުމާއި، ފެންމޯޓަރުތައް ހަލާކުވުމާއި، އާއްމު އޭރިއާތަކުގެ ބޮކިތައް ހަލާކުވުން ފަދަ ކަންކަން ހައްލުނުވެ ގިނަދުވަސްވަމުން އަންނައިރު، އެފަދަ ކަންކަން ހައްލު ކުރުމުގައި މިހާތަނަށް އެޗްޑީސީގެ ޒިންމާއެއް ނޯވެއެވެ. އެހެންވެ ފްލެޓްތައް މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއް ވަނީ ފާއިތުވެފައެވެ.

އެޗްޑީސީން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި، ގެދޮރުވެރިޔާގެ މަޝްރޫޢުގެ ދަށުން ދޫކޮށްފައިވާ އެ 704 ފްލެޓްގެ މެއިންޓަނަންސް މަސައްކަތް، އެކުންފުންޏާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހަވާލުކޮށްފައި ވަނީ މި މާރިޗު މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ.

އެ ފްލެޓްތައް މަރާމާތު ކުރުމަށާއި އާބާތުރަ ފިލުވުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމުގައިވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް