Quba
Category

ރިޕޯޓް

ސްޓޭޓް ފާމާއިން އަލަށް ނަގާ މުވައްޒަފުންނަށް އަހަރެއްގެ މައްޗަށް 11 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ހޭދަވާނެ

ސްޓޭޓް ފާމާއިން އަލަށް ނަގާ މުވައްޒަފުންނަށް އަހަރެއްގެ މައްޗަށް 11 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ހޭދަވާނެ

ޖުމްލަ 71 ވަޒީފާ އިއުލާނުކޮށް، މުވައްޒަފުން ނަގަން ސްޓޭޓް ފާމާއިން އިއުލާނުކޮށްފައިވާއިރު، ވަކިވަކިން ބަޔާންކޮށްފައިވާ މުސާރާ ޖުމްލަ ކުރުމުން އެއީ 11،518،800 މިލިއަން ރުފިޔާކަން ހާމަވެއެވެ.

އިތުރަށް ކިޔާ
ގޯތި ލިބުނު އިންނަމާދޫ ރައްޔިތުންނަށް 8 އަހަރު ވީއިރުވެސް، ކަރަންޓްގެ ޚިދުމަތް ނުލިބިފައި

ގޯތި ލިބުނު އިންނަމާދޫ ރައްޔިތުންނަށް 8 އަހަރު ވީއިރުވެސް، ކަރަންޓްގެ ޚިދުމަތް ނުލިބިފައި

އިންނަމާދޫގައި ގޯތި ދޫކޮށްފައިވާ އެސަރަޙައްދުގައި މިހާރުވެސް ބައެއް ގެވަޅުތަކުގައި މަސައްކަތް ކުރިއަށްދާއިރު އެފަރާތްތަކުން ކަރަންޓު ބޭނުން ކުރަމުންދަނީ މީހުން ދިރިއުޅޭ ގެތަކުން ކަރަންޓު ވާގަނޑެއް އަޅައިގެން ވަރަށް ދަތި ގޮތަކަށެވެ.

އިތުރަށް ކިޔާ
ސުކޫލް ޗުއްޓީގައި ދަރިވަރުންނަށް ކޮށްލެވިދާނެ 7 ކަމެއް!

ސުކޫލް ޗުއްޓީގައި ދަރިވަރުންނަށް ކޮށްލެވިދާނެ 7 ކަމެއް!

ޗުއްޓީ ފެށުމުގެ ކުރިން ޗުއްޓި ޕްލޭނެއް ހަދައިލުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. އެހެން ނޫންނަމަ، ޗުއްޓީގައި ފޫހިކަން އިޙްސާކުރެވި ބޭކާރު ޗުއްޓީއަކަށް ވެދާނެއެވެ. އެހެންކަމުން، ހެޔޮގޮތުގައި ޗުއްޓީ ހޭދަކޮށްލުމަށް ކުރެވިދާނެ ބައެއް ކަންކަން ހިއްސާކޮށްލާނަމަވެ.

އިތުރަށް ކިޔާ
މިސްރާބު ސަރވޭ: %14 މީހުން ބުނީ އާމްދަނީ ހޯދުމަށް ދުވާލަކު 14 ގަޑިއިރު މަސައްކަތް ކުރާކަމަށް!

މިސްރާބު ސަރވޭ: %14 މީހުން ބުނީ އާމްދަނީ ހޯދުމަށް ދުވާލަކު 14 ގަޑިއިރު މަސައްކަތް ކުރާކަމަށް!

ފާއިތުވި 40 އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޖީޑީޕީ މަތިވެ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް އާއްމު ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ދިރިއުޅުމުގެ ހާލަތު އައީ ގޯސްވަމުންނެވެ.

އިތުރަށް ކިޔާ
ރާއްޖޭގެ އާބާދީގެ ކޮންމެ 6 މީހަކު އެކަކީ ނަފްސާނީ ބަލި މީހެއް

ރާއްޖޭގެ އާބާދީގެ ކޮންމެ 6 މީހަކު އެކަކީ ނަފްސާނީ ބަލި މީހެއް

ހެލްތު މިނިސްޓަރ ގީލާއަކީ، ފާހަގަކުރައްވާފައިވާ ގޮތުގައި، ނަފްސާނީ ބަލިތަކަށް ފަރުވާހޯދި 70000 މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީ، މާލެ ސަރަހައްދުން ފަރުވާއަށް އެދުނު މީހުންނެވެ.

އިތުރަށް ކިޔާ
ބޭއިންސާފުން ވަޒީފާއިން ވަކިކުރާތީ އެމްޑީޕީން މުޒާހަރާއަށް! އާއްމުން ހަނދާންކޮށްދެނީ އެމްޑީޕީން ކަންތައްކުރިގޮތް

ބޭއިންސާފުން ވަޒީފާއިން ވަކިކުރާތީ އެމްޑީޕީން މުޒާހަރާއަށް! އާއްމުން ހަނދާންކޮށްދެނީ އެމްޑީޕީން ކަންތައްކުރިގޮތް

2008 ވަނަ އަހަރު ދިވެހިރާއްޖެއަށް ޑިމޮކްރެޓިކް ބަދަލުތައް އައި ފަހުން، ސިޔާސީ ބޭނުމަށް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން އައީ މައިގަނޑު ތިންގޮތަކަށެވެ.

އިތުރަށް ކިޔާ
ރައީސް މުޢިއްޒުގެ ދަތުރުފުޅުތަކަށް މިހާތަނަށް 36 މިލިއަނަށް ވުރެއް ގިނަ ރުފިޔާ ހަރަދުކޮށްފި

ރައީސް މުޢިއްޒުގެ ދަތުރުފުޅުތަކަށް މިހާތަނަށް 36 މިލިއަނަށް ވުރެއް ގިނަ ރުފިޔާ ހަރަދުކޮށްފި

ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކަށް ޖުމްލަ 22 މިލިއަނަށް ވުރެެއް ގިނަ ރުފިޔާ ހަރަދުކުރައްވާފައިވާއިރު، ރާއްޖެތެރޭގެ ދަތުރުފުޅުތަކަށް 14 މިލިއަނަށް ވުރެއް ގިނަ ރުފިޔާ ވަނީ ހަރަދުކުރައްވާފައެވެ. އެހެންކަމުން ރައީސް މުއިއްޒު ވަނީ ރާއްޖެތެރެ އަތޮޅުތަކާއި ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގައި ދައުލަތުން 36 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

އިތުރަށް ކިޔާ
އިނގިރޭސިވިލާތުން ކަނޑުމަހުގެ ޑިއުޓީ ކަނޑާލުން: ރާއްޖެއަށް މީގެ ފައިދާ ކުރާނެ، ނަމަވެސް މިނިންމުމުގެ އަސްލަކީ ކޮބާ؟

އިނގިރޭސިވިލާތުން ކަނޑުމަހުގެ ޑިއުޓީ ކަނޑާލުން: ރާއްޖެއަށް މީގެ ފައިދާ ކުރާނެ، ނަމަވެސް މިނިންމުމުގެ އަސްލަކީ ކޮބާ؟

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ތަކެތީގެ އަގު އުފުލެމުންދާތީ، އެ ގައުމުގެ އެތެރޭގެ އިގްތިސާދަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އިނގިރޭސިވިލާތުން ވަނީ ކަނޑުމަހާއި އެހެނިހެން ބައެއް ކާބޯތަކެތިން ނަގަމުން އައި އިމްޕޯޓް ޑިއުޓީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. މި ނިންމުމަކީ ވަކި ގައުމަކަށް އިސްތިސްނާއެއް ނެތި، ހުރިހާ ގައުމުތަކަކަށްވެސް ހަމަހަމަކޮށް ހިނގާނެ އުސޫލެކެވެ. މިއީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ވެފައިވާ ވަކި ޚާއްޞަ ވިޔަފާރީގެ އެއްބަސްވުމެއް ނޫނެވެ.

އިތުރަށް ކިޔާ
ޝަރީޢަތުގައި ހިނގާ މައްސަލަތަކާ ގުޅިގެން "އަނގަ ބަންދުކުރުވުން"

ޝަރީޢަތުގައި ހިނގާ މައްސަލަތަކާ ގުޅިގެން "އަނގަ ބަންދުކުރުވުން"

ރާއްޖޭގެ ޤާނޫނުގައި "އަނގަ ބަންދުކުރުމުގެ" އަމުރު ނުވަތަ ގަގ ޮރދެރ ނެރެވޭނެ އުޞޫލެއް ނެތްނަމަވެސް، ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުގެ ނިޒާމު އޮންނަ ގޮތުން މިފަދަ އަމުރުތައް ނެރެވެއެވެ. އެ ޤައުމުތަކާ ރާއްޖެއާ ތަފާތަކީ، ރާއްޖޭގައި ޖިނާއީ މައްސަލަތަކުގައި ދެފަރާތުން ހުށަހަޅާ ހެކިތަކަށް ބަލައި، ނިޔާ ކަނޑައަޅަނީ ފަނޑިޔާރުންނެވެ.

އިތުރަށް ކިޔާ
ފާއިތުވެދިޔަ ހަތަރު ލޯކަލް ކައުންސިލް އިންތިހާބުގެ ގެ ނަންބަރުތައް: މިފަހަރު ނަތީޖާ ތަފާތުވާނެތަ؟

ފާއިތުވެދިޔަ ހަތަރު ލޯކަލް ކައުންސިލް އިންތިހާބުގެ ގެ ނަންބަރުތައް: މިފަހަރު ނަތީޖާ ތަފާތުވާނެތަ؟

ގާނޫނުއަސާސީގެ 298 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ލޯކަލް ކައުންސިލްތަކުގެ ފުރަތަމަ އިންތިހާބު 2009 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުގެކުރިން ބާއްވަންޖެހޭނެއެވެ. ނަމަވެސް މި މުއްދަތު ފަހަނައަޅައިދިޔުމުން 13 އޮކްޓޯބަރު 2010ގައި އިންތިހާބު ބޭއްވުމަށް އަނެއްކާވެސް ކަނޑައެޅިއެވެ. ނަމަވެސް ލޯކްލް ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވި 19 މަސްދުވަހުގެ މުއްދަތަކަށް ފަސްވެގެން ދިޔައެވެ. މިއާއެކު، ރަށު އަދި އަތޮޅު ފެންވަރުގައި ރައްޔިތުންގެ ތަމްސީލުކުރުމަށް ދިވެހިރާއްޖޭގެ ތާރީހުގައިވެސް ބޭއްވުނު އެންމެ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބެއް ބޭއްވުނީ 5 ފެބްރުއަރީ 2011ގައެވެ. އަދި ދެވަނަ ބުރު ބޭއްވުނީ 12 މާރިޗް 2011ގައެވެ.  

އިތުރަށް ކިޔާ
ކައިވެންޏަށް 8 އަހަރު ފަހުން ދެމަފިރިއަކަށް ލިބުނު ހަމައެކަނި ދަރިފުޅު 11 މަހުގައި ނިޔާވީ އާސަންދައިގެ ދަށުން ފަރުވާއަށް ގެންދެވުނުލެއް ލަސްވެގެން

ކައިވެންޏަށް 8 އަހަރު ފަހުން ދެމަފިރިއަކަށް ލިބުނު ހަމައެކަނި ދަރިފުޅު 11 މަހުގައި ނިޔާވީ އާސަންދައިގެ ދަށުން ފަރުވާއަށް ގެންދެވުނުލެއް ލަސްވެގެން

އުމުރުން 11 މަހުގެ މިކުއްޖާ ނިޔާވެފައި ވަނީ، މިމަހުގެ 18 ވަނަ ދުވަހު، އިންޑިއާގެ ރާޖަގިރީ ހޮސްޕިޓަލުގައެވެ. ކުއްޖާގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި އެކުއްޖާ، ޑެންގޫހުންޖެހި ހާލުގޯސްވި، އެ ތުއްތުކުއްޖާ އިންޑިއާއަށް އިތުރު ފަރުވާއަށް ގެންދެވުނީ، ޑޮކްޓަރުން އެކުއްޖާ އެމާރޖެންސީގައި ރާއްޖެއިން ބޭރަށް ގެންދިޔުމަށް އެންގިތާ 8 ދުވަސް ފަހުންނެވެ.

އިތުރަށް ކިޔާ