classified
ރިޕޯޓް

ހަމަނުޖެހުން ހިންގި މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަމަނުޖެހުން ހިންގި މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

ހަމަނުޖެހުން ހިންގި މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް --

ޕީއެންސީގެ އެތެރޭގެ އިންތިހާބެއްގެ ވޯޓް ގުނުން ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްކޫލެއްގައި ކުރިއަށް ދަނިކޮށް ބަޔަކު ހަމަނުޖެހުން ހިންގި މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމުގައި ފުލުހުން ބުނެފިއެވެ.

އެހެން ނަމަވެސް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި އެއީ ކޮންޕާޓީއެއްގެ އިންތިޚާބެއް ކަމެއް އަދި އެކަން ހިނގީ ކޮންސްކޫލެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ރޭ ހަމަނުޖެހުން ހިނގާފައިވަނީ، ހުޅުމާލެ ފޭސް 2ގައި ހުންނަ ކާމިލްދީދީ ޕްރީ ސްކޫލުގައެވެ. އެހަމަނުޖެހުމުގައި އެސްކޫލުގެ ތަކެއްޗަށާއި އިމާރާތަށް ގެއްލުންތައް ލިބުނެވެ. މިހަމަނުޖެހުން ހިންގާފައި ވަނީ ރޭގެ 21:15 ހާއިރު ކަމުގައި ފުލުުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މާރާމާރީގެ މައްސަލަ ތަޙްޤީޤިކުރަމުން ގެންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް