މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް ބާއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ---
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާއި ގުޅުވައިގެން ކުރިޔަށް ގެންދިޔަ، ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް އަދި އަސްކަރީ ހިނގާލުން ރޭ ބާއްވައިފިއެވެ.
ކުޅިވަރު ހަރަކާތްތައް ބާއްވާފައި ވަނީ، ރޭ މާލޭގެ ޖުމްހޫރީ މައިދާނުގައެވެ.
މިހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްލަވާލެއްވިއެވެ.
ރޭގެ ސްކޫލް ދަރިވަރުންގެ ހަރަކާތުގައި، ޝަހީދު ޢަލީ ސްކޫލް، ރެހެންދި ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި އެއަށްފަހު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ހަރަކާތަކާއި، ހޭވައްލާ ގުރޫޕުގެ ޘަޤާފީ ހަރަކާތެއް ވަނީ ހުށައަޅައިދީފައެވެ.
މައިދާނީ ކުޅިވަރުތައް ނިންމާލާފައިވަނީ، ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތުންނެވެ. ހަރަކާތްތައް ނިންމުމަށް ކަނޑައެޅި ވަގުތަށް ވުރެ އަވަހަށް ނިމުމުން، ހަވާ އަރުވަން ހަމަޖައްސާފައި އޮތް ވަގުތުގެ ވިހި މިނިޓް ކުރިން ވަނީ ހަވާ އަރުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް