ރާއްޖެ

ވިނަރެސް ފްލެޓެއްގައި އިންޑަސްޓްރިއަލް ލެވެލްގައި ލޯންޑަރީއެއް ހިންގަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވިނަރެސް ފްލެޓެއްގައި އިންޑަސްޓްރިއަލް ލެވެލްގައި ލޯންޑަރީއެއް ހިންގަނީ

ވިނަރެސް ފްލެޓްގެ ތެރޭގަިއ ބަހައްޓާފައި ހުރި ބޮޑެތި އިންޑަސްޓްރިއަލް ވޮޝިންގ މެޝިންތައް --- ފޮޓޯ: ރައްޔިތުންގެ ނޫސް

ސޯޝަލް ހައުސިން ސްކީމުގެ ތެރެއިން ދިރިއުޅުމަށް އާއްމުންނަށް ވިއްކާފައިވާ، ވިނަރެސް ފްލެޓެއްގައި، އިންޑަސްޓްރިއަލް ލެވެލްގައި، ލޯންޑަރީއެއް ހިންގަމުން އަންނަ މައްސަލަ ފެންމަތިވެއްޖެއެވެ.

އެކަން ރައްޔިތުންގެ ނޫހާއި ހިއްސާކުރި ފަރާތުން ވަނީ، އެތަނުގެ ސަބަބުން އެ އެއިމާރާތުގައި ދިރިއުޅޭ އެހެން ފަރާތްތައްވެސް ނުރައްކަލަށް ހުށައެޅޭކަން ފާހަގަކޮށްފައެވެ. މިގޮތުން އެތަނުގެ ތެރޭގައި، އިންޑަސްޓްރިއަލް ބޮޑެތި ދޮންނަ މެޝިންތައް ބަހައްޓާފައި ވާއިރު، ދޮންނަ ފޮއްޗާއި އެނޫންތަކެތި ހިއްކުމަށް އެލްޕީޖީ ގޭސް ބޭނުން ކުރާ ބޮޑެތި ޑްރައިން މެޝިންތައްވެސް ވަނީ ބައްހަޓާފައެވެ. އަދި އެތަނުގެ ތެރޭގައި ބޮޑެތި އެލްޕީޖީ ގޭސްފުޅިތައްވެސް ބޭނުން ކުރާއިރު، އެތަނުގައި ފަޔަރއެލާމްވެސް ނުހުންނަކަން ކަންބޮޑުވުން ޙިއްސާކުރި ފަރާތުން ފާހަގަކުރައްވާފައި ވެއެވެ.

ވިިނަރެސްގެ 8އޭ ޓަވަރުގައި ހިންގަމުން އަންނަ އެ ލޯންޑަރީގެ ވީޑިއޯތަކެއްވެސް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ކުރަމުންނެވެ.

ދިރިއުޅުމަށް ދޫކޮށްފައި ހުންނަ ފްލެޓްތަކުގެ ތެރޭގައި މިފަދަ މަސައްކަތްތައް ކުރުމަކީ، ފްލެޓް އެއްބަސްވުންތަކުގައިވެސް މަނާކޮށްފައި އޮންނަ ކަންކަމެވެ. އަދި މިފަދަ ކަންކަމަކީ އެކަމުގެ ސަބަބުން އިމާރާތުގައި ދިރިއުޅޭ އެހެން ފަރާތްތަކަށްވެސް ނުރައްކަލާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް