ފިޔޯރީގައި މަސް ހިފަން ގޮސް އުޅުނު މީހަކު ނިޔާވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ގދ. ފިޔޯރީ -- ފޮޓޯ: އަޙްމަދު އާސިފް )ފޭސްބުކް)
ގދ. ފިޔޯރީގައި ދާޖަހައިގެން މަސް ހިފަންގޮސް އުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދުގެ 13:42 އެހާކަންހާއިރުގައި ކަމަށެވެ.
އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދީފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ނިޔާވެފައި ވަނީ ގަހާކޯޅި / ގދ. ފިޔޯރީ، މުޙައްމަދު ޙުސައިން (79އ) އެވެ.
ފުލުުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލަ ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް