އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވިލާމާލޭގައި ފްލެޓް އެޅުމުގެ މަސައްކަތް ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އިން ގާއިމްކުރާ 3260 ހައުސިންގ ޔުނިޓްގެ ތެރެއިން ވިލިމާލޭގައި އިމާރާތްކުރާ 300 ޔުނިޓްގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މިމަޝްރޫޢު ބީއެމްއެލްއިން ހަވާލުކޮށްފައި ވަނީ، ރާއްޖޭގެ ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އަށެވެ. ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، މި ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިމޭނެއެވެ. ފްލެޓްތައް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އާރްސީސީއިންވެސް ބުނެފައި ވަނީ، އެމަސައްކަތް 2028ގެ ޖޫން މަހުގެ ނިޔަލަށް ނިންމާނެ ކަމަށާއި، މަސައްކަތް ކުރިޔަށް ގެންދިޔުމަށް ރާވާފައި ވަނީ، 24 ގަޑިއިރު ނުހުއްޓި މައްސަކަތްތައް ކުރިޔަށް ގެންދެވޭނެ ގޮތަށް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން 17 ބުރީގެ ތިންޓަވަރު އަޅާނެއެވެ. މިޓަވަރުތައް ވެގެންދާނީ، ވިލިމާލޭގައި މިހާތަނަށް ބިނާ ކުރެވޭ އެންމެ އުސް އިމާރާތް ތަކަށެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީން ހުޅުމާލެ ފޭސް 1ގައި އަޅާ ފްލެޓް އިމާރާތްތަކުގެ މަސައްކަތްވެސް މިނިމުނު ހަފްތާގައި ވަނީ ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް