ރާއްޖެ

ފޭސް 3 އިން ގޯތި ލިބުނު މީހުންނަށް ކަޑަ ޖަހައިދޭން ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފޭސް 3 އިން ގޯތި ލިބުނު މީހުންނަށް ކަޑަ ޖަހައިދޭން ފަށައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ ފަރާތްތަކަށް، އިން ވަކިކޮށްދިނުމަށް ކަޑަޖަހައި ބިން ހަވާލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުުގައި ހުޅުމާލެ ފޭސް 3އިން ގޯތި ލިބިފައިވާ ފަރާތްތަކާއު ބިންހަވާލުކުރުމުގެ މަސައްކަތް ފަށާފައި ވަނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. މިގޮތުން އިއްޔެ ވަނީ 11 މީހަކަށް ގޯތި ހަވާލުކޮށްފައެވެ. ބިންވެރިޔާ މަޝްރޫޢަކީ، މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެއްކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ކުރިޔަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ތެރެއިން، ހުޅުމާލެ ފޭސް 3 އިން، ޖުމުލަ 698 ގޯތި ދޫކޮށްފައި ވެއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ގޯތީގެ ރަޖިސްޓްރީގެ ކަންކަން ނިންމެވުމުން ގޯތި ހަވާލު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ. މިގޮތުން ޕޯޓަލް މެދުވެރިކޮށް މިހާތަނަށް، 337 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރެވިފައިވާ ކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ، އެމިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ، ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ ހުރިހާ ފަރާތްތަކަށްވެސް އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބިން ހަވާލުކޮށް ނިންމުމަށް ހަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް