ވޯޓުލާ ސަރަހައްދުތަކުގައި ޓެންޓު ޖަހަން ޝުޖާއުގެ ކުންފުންޏަށް 5 މިލިއަނެއްހާ ރުފިޔާ!
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާއި ގުޅިގެން ވޯޓުލާ ސަރަހައްދުތައް ގާއިމްކުރުމުގެ ގޮތުން ޓެންޓު ޖެހުން އިލެކްޝަންސް ކޮމިޝަނުން ހަވާލުކޮށްފައިވަނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ 'އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑަށް'ކަން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އެވޯޑުކޮށްފައިވާ ޕްރޮކިޔުމަންޓާބެހޭ މައުލޫމާތު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އެގޮތުން އެ ލިޔެކިޔުންތަކުން ފެންނަ ގޮތުން ޖުމްލަ 5،136،848.8 މިލިއަން ރުފިޔާ އެ މުއައްސަސާއިން ވަނީ 2026 މާރިޗު 25 ވަނަ ދުވަހު އެވޯޑުކޮށްފައެވެ.
އޭގެތެރެއިން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ބޭނުންކުރާ ޓެންޓު ޖެހުމަށް ޝުޖާއުގެ ހިއްޞާ އޮންނަ ކުންފުނި އޮފިޝަލް އިވެންޓްސްއަށް ޖުމްލަ 4،994،848،80 މިލިއަން ރުފިޔާ ވަނީ އެވޯޑުކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާގޮތުން އޮފިޝަލް އިވެންޓްސްގެ މެނޭޖިން ޑިރެކްޓަރަކީ މެމްބަރު ޝުޖާއު އެވެ. އަދި އޭނާގެ އިތުރުން ބޯޑުގައި އިތުރު ޑިރެކްޓަރަކު ހުރެ އެވެ. އެއީ އަހްމަދު އަދުހަމެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 އާއި ގުޅިގެން، މާލޭގެ 3 ސަރަހައްދެއްގައި ވޯޓުލާ މަރުކަޒު ޤާއިމްކުރުމަށް ޓެންޓް ޖަހައިދޭނެ ފަރާތެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރީ 25 ފެބްރުއަރީ 2026 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް