ބިދޭސީ މީހަކު ކިޑްނެޕްކޮށްގެން އުޅުނު ބަނގުލަދޭޝްގެ ފަސްމީހުން ހައްޔަރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބިދޭސީއަކު ކިޑްނެޕްކުރި މައްސަލައިގައި ހައްޔަރު ކުރި މީހުން --- ފޮޓޯ: ޕޮލިސް
ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ތެރޭގައި ބިދޭސީއަކު ކިޑްނެޕްކޮށްގެން ގެންގުޅު މައްސަލައެއްގައި ބިދޭސީ 5 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ބަނގުލަދޭޝްއަށް ނިސްބަތްވާ ފަސްމީހުން ކަމަށެވެ.
އެމީހުންނަކީ، އެމް.ޑީ ހޮސައިން (30އ) އާއި އެމް.ޑީ މެހެދި ހަސަން (34އ) އާއި އެމް.ޑީ ޝާ އަލަމް (39އ) އާއި ސަރފިފް ހަސަން (38އ) އާއި ރަސަލް (20އ) އެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުގައި ކަމަށެވެ.
އެ މައްސަލަ ހުށަހެޅުމާއެކު، ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މީހާ ލޮކޭޓްކުރެވިފައި ވަނީ ވިލިމާލެއިން ކަމަށާއި، އެ މީހާ ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް