ރައްޔިތުންގެ ނޫސް

ރައްޔިތުންގެ ނޫސް

އީރާންގެ ހަމަލާއެއްގައި ނަތަންޔާހޫ މަރާލެވިއްޖެތަ؟

އީރާންގެ ހަމަލާއެއްގައި ނަތަންޔާހޫ މަރާލެވިއްޖެތަ؟

ނަތަންޔާހޫ މަރުވެއްޖެ ކަމަށް ބުނެ، ތޯތޯ ވާހަކަތައް ފަތުރަމުން ދިޔަ ނަމަވެސް، އެއީ ދޮގު ޚަބަރުތަކެއްކަން ސާބިތުކުރެވިފައިވެއެވެ. މިގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، މާރިޗުމަހުގެ 9 ވަނަ ދުވަހު އަޝްދޮދުގައި ހުންނަ އިޒްރާއީލުގެ ވިޔަފާރި ބަނދަރަށް ޒިޔާރަތް ކުރައްވައި އެތަނުގައި ހުންނަވައިގެން، އިޒްރޭލުގެ މީޑިއާތަކަށް ޓީވީ އިންޓަވިއުވެސް ދެއްވާފައެވެ.

އިތުރަށް ކިޔާ
ރާއްޖެއަށް ތެޔޮ އެތެރެކުރާ އޮމާންގެ ތެޔޮރައްކާކުރާ ފެސިލިޓީއެއް ގޮއްވާލައިފި

ރާއްޖެއަށް ތެޔޮ އެތެރެކުރާ އޮމާންގެ ތެޔޮރައްކާކުރާ ފެސިލިޓީއެއް ގޮއްވާލައިފި

ސަލާޙް ބަނދަރުގެ ތެޔޮ ރައްކާކުރާ ފެސިޓީއަށް ހަމަލާދީފައި ވީނަމަވެސް އެ ހަމަލާގައި އެބަނދަރުގައި އޮތް އެއްވެސް ތެޔޮ އުފުލާ ޓޭންކަރަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިހަމަލާ އޮމާނުން ވަރަށް ބޮޑަށް ކުއްވެރިކޮށްފައެވެ.

އިތުރަށް ކިޔާ
ފައިނަލް ވޯޓާސް ލިސްޓް އާއްމުކޮށްފި

ފައިނަލް ވޯޓާސް ލިސްޓް އާއްމުކޮށްފި

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، ޖުމްލަ 299،876 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބޭ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،370  ފިރިހެނުންނެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: ނަފްރަތު

ކުރުވާހަކަ: ނަފްރަތު

ސަންފަ ނަގައި ގަނެގެން ރަށުގެ ސިއްޚީ މަރުކަޒަށް ގެންގޮސްފިއެވެ. ހިތް ހުއްޓި މަރުވެފައިވާކަން ޑޮކްޓަރު ޔަޤީންކޮށްދީފިއެވެ. ސަންފަގެ ދަރިފުޅު ސަލީމާއި މާމަދަރީން އޭނާގެ މޫނުދެކެން އައެވެ. އިބްރާހިމް ފިޔަވައެވެ. ހިނދުކޮޅަކަށް ނަމަވެސް ސަންފަ ނިޔާވެގެން އެމީހުން ރުޔެއެވެ.

އިތުރަށް ކިޔާ
ފަތުރުވެރިން ނުފުރި ތާށިވި ދަނޑިވަޅު ރޫމުތައް ވިއްކާ އަގު ދެގުނަ ބޮޑުކޮށްލައިފި

ފަތުރުވެރިން ނުފުރި ތާށިވި ދަނޑިވަޅު ރޫމުތައް ވިއްކާ އަގު ދެގުނަ ބޮޑުކޮށްލައިފި

އިނަމޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤުވެސް ވަނީ މިކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ޙިއްޞާކުރައްވާފައެވެ. ފިރާޤު ވިދާޅުވީ، ރާއްޖޭގައި ނުފުރި ގިނަ އަދަދެއްގެ ޓޫރިސްޓުން ތާށިވިއިރު، ޚާއްޞަ ރޭޓެއް ތަޢާރަފްކޮށް ފަތުރުވެރިންނަށް އިތުރަށް ތިބެވޭނެ ގޮތް ހަދައި ދިނުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޤަދަރުވެސް ހިފެހެއްޓޭނެ ކަމަކަށްވާނެ ކަމަށެވެ.

އިތުރަށް ކިޔާ
ޢިނާޔަތްތައް ކަނޑާލުމުން ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓްގެ މުވައްޒަފުން މުޒާހަރާކޮށްފި

ޢިނާޔަތްތައް ކަނޑާލުމުން ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓްގެ މުވައްޒަފުން މުޒާހަރާކޮށްފި

މި މުޒާހަރާ އާއި ގުޅިގެން ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލެ ފޭސް 1 ގައި ހުންނަ ރެސްޓޯރެންޓެއްގެ ބައެއް މުވައްޒަފުން، މުސާރައާ ގުޅޭ ކަންބޮޑުވުންތަކެއްގެ ސަބަބުން މަސައްކަތް ހުއްޓާލައި އިހުތިޖާޖުކުރާ ކަމުގެ މައުލޫމާތު، 2026 މާރިޗު 10 ވަނަ ދުވަހުގެ 15:50 އެހައިކަންހާއިރު ފުލުހުންނަށް ލިބި އެކަމަށް އެޓެންޑްވި ކަމަށެވެ.

އިތުރަށް ކިޔާ
ހަނގުރާމަފެށިތާ ހަފްތާއެއް ފަހުން ހަމަލާތައް ކުއްވެރިކޮށް ޚާރިޖިއްޔާއިން ބަޔާނެއް ނެރެފި

ހަނގުރާމަފެށިތާ ހަފްތާއެއް ފަހުން ހަމަލާތައް ކުއްވެރިކޮށް ޚާރިޖިއްޔާއިން ބަޔާނެއް ނެރެފި

ޚާރިޖިއްޔާއިން އިނގިރޭސިބަހުން ނެރުނު ބަޔާނުގައި ކުއްވެރިކުރުން އިސްކޮށްފައި ވަނީ، އީރާނުން ރައްދުގައި ދިން ހަމަލާތަކެވެ. މިގޮތުން ބަޔާނުގައި އެންމެ ފުރަތަމަ ބުނެފައި ވަނީ، އީރާނުން ގަލްފުގެ ޤައުމުތަކަށް އަމާޒުކޮށްދޭ ހަމަލާތައް ކުއްވެރި ކުރާ ކަމަށެވެ. އެހެން ނަމަވެސް އީރާނުން ހަމަލާދެމުން އަންނަނީ އީރާނަށް ހަމަލާދިނުމަށް އެމެރިކާ އާއި އިޒްރޭލުން ބޭނުން ކުރަމުން އަންނަ ގަލްފުގެ ޤައުމުތަކުގައި ހުރި އަސްކަރީ މަރުކަޒުތަކަށެވެ. އަދި އެމަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ފޮނުވާ މިސައިލްތައް އިންޓަރސެޕްޓް ކުރުމުގެ ތެރޭގައި އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިމާރާތްތަކަށް ވެއްޓި ގެއްލުންތައް ލިބިފައިވެއެވެ. ޔޫއޭއީގައިވެސް މީހަކު މަރުވެފައި ވަނީ، އިންޓަރސެޕްޓްކުރި މިސައިލެއްގެ ބައިތައް ވެއްޓިގެން ހިނގި ހާދިސާއެއްގައެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: ގިލަން

ކުރުވާހަކަ: ގިލަން

ތިއޭޓަރުގެ ދޮރު ހުޅުވުމާއި އެކު ޒަމީރުގެ ހިތްތެޅިގަތެވެ. ހެވިފައި ހުރި ޑޮކްޓަރާއި އޭނާގެ ތަރުޖަމާނު ޒަމީރަށާއި މަންމައަށް ދިނީ އުފާވެރިހަބަރެކެވެ. އޮޕަރޭޝަންކާމިޔާބުވި ޚަބަރެވެ. ޒަމީރު ﷲއަށް ހަމްދު ކުރިއެވެ. މަންމަގެ ގައިގައި ބައްދައިގެންފައި އުފަލުން ރޮއެގަތެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑުވުން ފިލީއެވެ. ހިތާމައިގެ ރޭތަކަށް ނިމުން އައީ އެވެ.

އިތުރަށް ކިޔާ
ފަހު ދިހައެއްގައި އާރްޑީސީގެ މުވައްޒަފުން ވަޒީފާއަށް ނިކުންނަން މަޖުބޫރުކުރާކަމުގެ ޝަކުވާ!

ފަހު ދިހައެއްގައި އާރްޑީސީގެ މުވައްޒަފުން ވަޒީފާއަށް ނިކުންނަން މަޖުބޫރުކުރާކަމުގެ ޝަކުވާ!

"ހަގީގަތަކީ މިހެން ރައީސް ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ހަމަޖައްސަވާ ދުވަސްދުވަހު އާރްޑީސީއިން މަޖުބޫރުކޮށްގެން މުވައްޒަފުން ޑިއުޓީއަށް ނެރެނީ" މި ނޫހާ ވާހަކަދެއްކި ފަރާތުން ކަންބޮޑުވުންފާޅުކުރިއެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: ކުށަކާނުލައި

ކުރުވާހަކަ: ކުށަކާނުލައި

ބަލިމީހާ އޮތް އެނދާއި ކައިރިވެފައި ބަލިމީހާ ފެނުމުން ޑރ ނިހާމާއަށް ހަޅޭލަވައި ނުގަނެވުނީ ކިރިޔާއެވެ. އެއީ އަފީފެވެ. ޑރ ނިހާމާ އާއި އޭނާގެ ކޮއްކޮ އާއި ބެހުނު މީހާއެވެ. އެމީހެއްގެ ކުރިމަށްޗަށް އެރުމަށް ޑރ ނިހާމާ އެންމެ ބިރުގަންނަ މީހާއެވެ. ދުއްވައިގެންފާނަމޭވެސް އޭނާގެ ހިތަށް އެރިއެވެ. އެކަމަކު ދެވަނަ ސިކުންތުގައި އޭނާ ހަށިގަނޑަށް ހިއްވަރު ގެނައެވެ. ނިއްކުރިމަތިން ދާފުހެލިއެވެ.

އިތުރަށް ކިޔާ
މުވައްޒަފުން ސަލާމް ބުނުން އިއްޔެ ފާހަގަކޮށްލެވޭ ވަރަށް މަދު

މުވައްޒަފުން ސަލާމް ބުނުން އިއްޔެ ފާހަގަކޮށްލެވޭ ވަރަށް މަދު

ސިވިލްސަރވިސްގައި ހިމެނޭ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން، އިއްޔެ އެއްވެސް ޗުއްޓީއެެއްގައި ހުރި މުވައްޒަފަކަށް ރަމަޟާން މަހުގެ ފަހު 10ގައި ހާޟިރީ އެލަވަންސް ނުދޭ ގޮތަށް ހަމަޖައްސައި، ދައުލަތުގެ ޕޭ ފްރޭމްވަރކަށް ވަނީ ބަދަލު ގެނެސްފައެވެ. އެހެން ނަމަވެސް ސިވިލްސަރވިސްގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން އެކި މަސައްކަތްތަކުގައި ފަހު 10ގެ ދުވަސްތަކުގައި ޑިއުޓީތަކަށް ނުކުންނަން ޖެހޭ ފަހު 10ގައި ނުކުތް ދުވަސްތަކަށް މުަވައްޒަފުންނަށް ހާޟިރީ އެލަވަންސް ލިބޭނެއެވެ.

އިތުރަށް ކިޔާ
ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީ އިތުރުކުރަން މިހާތަނަށް ކުރެވުނު ހަރަދުތަކުގެ ތަފްސީލްދިނުމަށް ޑިފެންސް މިނިސްޓްރީން ދެކޮޅު ހަދައިފި

ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީ އިތުރުކުރަން މިހާތަނަށް ކުރެވުނު ހަރަދުތަކުގެ ތަފްސީލްދިނުމަށް ޑިފެންސް މިނިސްޓްރީން ދެކޮޅު ހަދައިފި

ފަޔަރ އެންޑް ރެސްކިއުގެ ކަންކަމަށް ހަރަދުކުރަނީ އެމްއެންޑީއެފްގެ ބަޖެޓްގެ ތެރެއިން ކަމަށާއި، އެމްއެންޑީއެފްއަށް ލިބޭ ބަޖެޓް، ފިނޭންސް މިނިސްޓްރީން އާންމުކުރާ ބަޖެޓާ ބެހޭ މައުލޫމާތުގައި ހިމަނާފައިވާނެކަމަށް ބުނެ، ބަޖެޓުގެ ފުރިހަމަ ތަފްސީލްދިނުމަށް ދިފާއީ ވުޒާރާއިން ދެކޮޅުހެދިއެވެ.

އިތުރަށް ކިޔާ
މުއްދަތު ހަމަވާ އިސްތިއުނާފު މައްސަލަތައް ރަސްމީ ފުރަތަމަ ދުވަހު ބަލައިގަންނާނެ: ސްޕްރީމް ކޯޓު

މުއްދަތު ހަމަވާ އިސްތިއުނާފު މައްސަލަތައް ރަސްމީ ފުރަތަމަ ދުވަހު ބަލައިގަންނާނެ: ސްޕްރީމް ކޯޓު

އެކޯޓުން ނެރުއްވާފައިވާ ދެންނެވުމުގައި ވިދާޅުވީ، ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވާތީ، އެދުވަސްތަކުގައި ކޯޓުތައްވެސް ބަންދުވާނެ ކަމަށެވެ. އެހެން ނަމަވެސް އެދުވަސްތަކުގައި އިސްތިއުނާފުގެ މުއްދަތު ހަމަވާ މައްސަލައެއް ނަމަ، ބަންދަށްފަހު ކޯޓު ހުޅުވޭ ފުރަތަމަ ދުވަހު ހުށައެޅުމުން އެއީ އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި ހުށައަޅާފައިވާ މައްސަލައެއްގެ ގޮތުގައި ބަލައިގަަންނާނެ ކަމުގައި ސްޕްރީމް ކޯޓުން ވަނީ ހާމަކުރައްވާފައެވެ.

އިތުރަށް ކިޔާ
އިރާނާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާއިން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަނީ

އިރާނާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާއިން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަނީ

ޗާގޯސްގެ ރަށްތަކަކީ، ދިވެހިރާއްޖޭގެ ބައެއް ކަމަށާއި އެރަށްތައް އަނބުރާ ހޯއްދަވާނެ ކަމަށާއި، ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ ބާރު ދިވެހިރާއްޖެއަށް ލިބުމުންވެސް ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްމަރީ މަރުކަޒު ހިންގުމަށް ރާއްޖެއިން ހުރަސް ނާޅާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭރުގެ މީޑިއާތަކަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާ
ފިއުލް ސްޓޯރޭޖް ގޮއްވާލުމުން ތެހެރާން ގެ މަގުތަކުގައި އަލިފާން ފެތުރެނީ

ފިއުލް ސްޓޯރޭޖް ގޮއްވާލުމުން ތެހެރާން ގެ މަގުތަކުގައި އަލިފާން ފެތުރެނީ

އީރާނުގެ މީޑިއާތަކާއި ބައިނަލްއަޤުވާމީ އެހެން މީޑިއާތަކުގައިވެސް ރިޕޯޓުކޮށްފައިވާ، ގޮތުގައި އެމެރިކާ އާއި އިޒްރޭލުން ގޮއްވާލި ފިއުލް ސްޓޯރޭޖުން ބޭރުވާ ތެޔޮތަށް މަގުތަކުގައި ދަތުރު ކުރަމުންދަނީ އަލިފާނުގެ ކޯރެއް ހެންނެވެ. މީގެ އިތުރުން ހަމަލާ އާއި ގުޅިގެން މުޅި ތެހެރާންގެ އުޑުމަތި ކަޅު ދުމުގެ ވިލާތަކުން ބައްދާލާފައި ވާއިރު، ފަތިހު ތެހެރާނަށް ވެހުނު ވާރޭގައިވެސް ވަރަށް ބޮޑަށް ތެލުގެ އަސަރު ހުރިކަމަށް ސީއެންއެންއިންވެސް ރިޕޯޓްކޮށްފައި ވެއެވެ.

އިތުރަށް ކިޔާ
ހަމަލާތަކަށް ފަހު ތެހެރާނަށް ތެލުގެ ވާރޭ ވެހިއްޖެ

ހަމަލާތަކަށް ފަހު ތެހެރާނަށް ތެލުގެ ވާރޭ ވެހިއްޖެ

މިގޮތަށް މިކަން މެދުވެރިވީ ތެހެރާނުގެ ބޭރުގައި ޤާއިމްކޮށްފައިވާ، ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް އިއްޔެ އާއި ރޭ އިޒްރޭލާއި އެމެރިކާއިން ބޮންއަޅައި ގޮއްވާލުމާއި ގުޅިގެންނެވެ. ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ބޮން އެޅުމުގެ ސަބަބުން ރޯވި އަލިފާންގަނޑާއި އަރަމުންދާ ބޯކަޅު ދުމުގެ ސަބަބުން ތެހެރާނުގެ ޖައްވު ވަނީ މުޅިން ބޯކަޅު ވިލާތަކުން ބެދިފައެވެ. އަދި ތެހެރާނަށް ރޭ ވެހުނު ވާރޭގައި ގިނަ އަދަދެއްގެ ގެނދަބުޅިއާ ތެލުގެ އަސަރު ހުރިކަން ފާހަގަކޮށްފައިވެއެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: މައުސޫމް

ކުރުވާހަކަ: މައުސޫމް

އަހަރެން އެމައްސަލަ ދޫކޮށްލައި ދައުލަތުގެ ވަކީލެއްގެ ހައިސިއްޔަތުން އެކުއްޖާއާއި ދެކޮޅަށް ވަކާލާތުކުރަން ދެކޮޅު ހެދީމެވެ. ހައްޤުނޫން ގޮތުގައި އޭނާއަށް ލިބޭ އަދަބުގައި އަހަރެންގެ ބައިވެރިވުމެއް ނުދޭން ވެގެންނެވެ. ހަމައެކަނި އަހަރެން މައްސަލަ ދޫކޮށްލީކީ ނޫނެވެ. ސަރުކާރުގެ ވަޒީފާވެސް ދޫކޮށްލީއެވެ. ކިޔެވުމަށް ދިޔަ ޚަރަދު އޮފީހަށް އަނބުރާދިނުމަށް އެއްބަސްވެ އިޤުރާރުވުމަށް ފަހުގައެވެ. އެހެނީ މައުސޫމު ކުށެއްނެތް ކުއްޖެއްގެ ހަޔާތް ބަރުބާދުވެ ދިޔައިރު އެކަމުގައި އަހަރެންނަށްވެސް އެހީތެރިކަމެއް ދެވެން ނެތަތީއެވެ.

އިތުރަށް ކިޔާ
ލޯކަލް އިންތިހާބު 2026: އައިހަމްގެ އޮތީ "ހިނގާ މާލެ"އެއްގެ ތަސައްވަރު

ލޯކަލް އިންތިހާބު 2026: އައިހަމްގެ އޮތީ "ހިނގާ މާލެ"އެއްގެ ތަސައްވަރު

ކެނޑިޑޭޓް ނަންބަރު 1 އައިހަމްގެ ތަސައްވަރަކީ ހިނގާ މާލެއެއްގެ ތަސައްވަރުކަމަށް އޭނާ ބުނެއެވެ. އައިހަމްގެ ކެމްޕޭނާއި ބެހޭ ހުރިހާކަމެއް ހިނގާ މާލެ ވެބްސައިޓުން ރައްޔިތުންނަށް ފެންނާނެއެވެ. އެގޮތުން، ވައުދުތަކާއި، ހުރި މައްސަލަތަކާއި، މެނިފެސްޓޯގެ އިތުރުން ކެމްޕޭންނަށް ލިބޭފައިސާއާއި ހަރަދުތައް ސާފުކޮށް ފެނެއެވެ. މީގެ އިތުރުން، ވޮލެންޓިއަރ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް އޭނާ ވަނީ ހުޅުވާލާފައެވެ.

އިތުރަށް ކިޔާ
ސައޫދީގެ ޕްރިންސް ސުލްޠާން އެއާބޭސް ކައިރިއަށް މިސައިލެއް ވެއްޓިއްޖެ

ސައޫދީގެ ޕްރިންސް ސުލްޠާން އެއާބޭސް ކައިރިއަށް މިސައިލެއް ވެއްޓިއްޖެ

ސަޢޫދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ، މިސައިލު ވެއްޓިފައި ވަނީ، ޕްރިންސް ސުލްޠާން އެއާބޭސް އާއި ކަރީގައިވާ ހުސްބިމަކަށެވެ. އެހެންވެ އެހަމަލާގައި އެއްވެސް މީހަކަށް އަދި ތަނަކަށްވެސް ގެއްލުމެއްވެފައި ނުވާކަމުގައި، ސަޢޫދީ ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.

އިތުރަށް ކިޔާ