ލުއި ޚަބަރު

ކިއޫ ބަންދުކޮށް ބައެއް ފޮށިތައްވެސް ބަންދުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކިއޫ ބަންދުކޮށް ބައެއް ފޮށިތައްވެސް ބަންދުކޮށްފި

ވޯޓު ކިއޫ ބަންދު ކުރުން -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުލުމަށް އިތުރުކޮށްދިން އެއްގަޑިއިރުގެ ވަގުތު ހަމަވުމުން ކިއޫތައް ބަންދުކޮށްފިއެވެ.

ކިއޫތައް ބަންދުކޮށްފައި ވަނީ، ހަވީރު 5:00 އިންފެށިގެންނެވެ. އެހާތަނަށް، ވޯޓުލުން ނިމިފައިވާ ފޮށިތަކާއި، ކިއޫގައި މީހަކު ނެތް ފޮށިތައް މިހާރު ވަނީ ބަންދުކޮށްފައެވެ. އިންތިޚާބުތަކާއިބެހޭ އާއްމު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ވޯޓުގުނުމަށްޓަކައި އަލުން ފޮށިތައް ހުޅުވާނީ، 1 ގަޑިއިރު ފަހުންނެވެ. ވޯޓުލާހުރިހާ މަރުކަޒެއްގައިވެސް އެމަރުކަޒެއްގައި ހުރި ވޯޓުފޮށިތައް އާއްމުންގެ ކުރިމަތީގައި ގުނައި ނަތީޖާ އިޢުލާނު ކުރާނެއެވެ.

މި އިންތިޚާބުތަކުގައި، މިއަދު ހަވީރު 4 ޖެއިރު ވަނީ، ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ 67 އިންސައްތަ މީހުން ވޯޓުލާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް