ސަރުކާރު ޓެކްސީ އަމީނީމަގު މެދަށް ހުއްޓާފައި އޮތީ ޗާޖު ހުސްވެގެނެއް ނޫން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސަރުކާރުން ފެށި މާލެ ޓެކްސީގެ ޚިދުމަތުގައި ބޭނުން ކުރާ ކުޑަ ކާރެއް އެކްސިޑެންޓް ވުމުން މަގުމައްޗަށް ހުއްޓާފައި ---
ސަރުކާރުގެ ޓެކްސީ ޚިދުމަތް ފެށިތާ މިއަދަކީ، ދެވަނަ ދުވަސް ކަމަށް ވާއިރު އެޚިދުމަތުގައި ބޭނުންކުރާ ޓެކްސީއެއް، އެކްސިޑެންޓް ވެއްޖެއެވެ.
އެމްޓީސީސީން ދެމުން އަންނަ، މާލެ ޓެކްސީ ޚިދުމަތުގައި ބޭނުން ކުރާ ކުޑަ ކާރެއް މިއަދު މެންދުރު މަގުމަތީގައި މަޑުކޮށްގެން އޮތް އިރު، މުޅިމަގު ބްލޮކްވެފައި އޮއްވައި ނަގާފާއިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ކުރަމުންނެވެ. އަދި އެކާރު ހުއްޓިފައި އޮތީ ބެޓެރީ ޗާޖު ހުސްވެގެން ކަމަށް ބުނެ ބައެއް މީހުން ވާހަކަ ފެތުރި ނަމަވެސް، އަމީނީ މަގުން ފެން ބިލްޑިންގ ކުރިމަތީގައި އެކާރު މަޑުކޮށްފައި އޮތީ އެކްސިޑެންޓެއް ވުމުން ކަމުގައި، ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެކްސިޑެންޓް ހިނގީ ސައިކަލެއް ކާރުގައި ޖެހިގެން ކަމަށާއި، އެކްސިޑެންޓްވުމުން ސައިކަލު މަޑުނުކޮށް އެސަރަހައްދުން ދިޔައީ ކަމަށެވެ.
މިއަދަކީ. ލޯކަލްކައުންސިލް އިންތިޚާބާއި ޚިޔާލު ހޯދުމުގެ ވޯޓު ކުރިޔަށްދާ ދުވަހަށްވާތީ، މަގުތަކުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި، ޓްރެފިކް ޕޮލިހުން އޮތީ ވޯޓުލުން ކުރިޔަށް ދާއިރު، މާލޭގެ މަގުތަކުގައި ލޮރީ އާއި އެނޫންވެސް ހެވީ ވެހިކަލްތައް ދުއްވުންވެސް މަނާކޮށްފައެވެ.
ސަރުކާރުގެ ޓެކްސީ ލައިން، މާލެ ޓެކްސީގެ ޚިދުމަތް ފެށި އިރުވެސް އެތައް މައްސަލަތަކެއް ފާހަގަވެފައި ވާއިރު، އެކަމުގައި ކޮރަޕްޝަނާއި ފަސާދައިގެ ގިނަ ތުހުމަތުތަކެއް ވެސް ވަނީ ކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް