ރާއްޖެ

މިއީ ރައީސް މުޢިއްޒު އިސްތިއުފާ ދެއްވަން ޖެހޭ ވަގުތު: ފައިސަލް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިއީ ރައީސް މުޢިއްޒު އިސްތިއުފާ ދެއްވަން ޖެހޭ ވަގުތު: ފައިސަލް

ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ ---

ރައްޔިތުން މިސަރުކާރަށް ނޫނެކޭ ބުނެފި ކަމަށާއި، މިވަގުތަކީ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަން ޖެހޭ ވަގުތު ކަމަށާއި، އަދި އަވަސް އިންތިޚާބަކަށް ގޮސް ގައުމު ސަލާމަތް ކުރުމަށްޓަކައި، ރައްޔިތުުންނަށް ފުރުޞަތު ލިބެން ޖެެހޭ ވަގުތު ކަމުގައި ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބުނު ބޮޑު ކާމިޔާބީ އާއި، ޚިޔާޅު ހޯދުމުގެ ވޯޓުގައި ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރަށް ކަން ފާހަގަކުރައްވައި، ފައިސަލް ވިދާޅުވީ، ޚިޔާލު ހޯދުމުގެ ވޯޓުން ފެނިގެން ދިޔައީ، ސަރުކާރަށް ރައްޔިތުންގެ ޢިޠުބާރެއް ނެތްތަން ކަމުގަވެ.

ފައިސަލް ވިދާޅުވީ، މިއީ ދިވެހި ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށާއި، އަދި ސަރުކާރެއް ފާލުން ނެއްޓިގެން ދިއުމުން ދިވެހި ރައްޔިތުން މިވަނީ ވަރަށް ޒިންމާދާރު ކަމާއި އެކު ބަސް ބުނެފައި ކަމުގައިވެސް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، އިންތިޚާބެއް ނިމިގެން ދިޔައިރު، ސަރުކާރުން މުޅި ދައުލަތުގައި ހުރި ހުރިހާ ވަޞީލަތްތަކެއް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ބޭނުން ކުރިތަން. (ވޯޓުގެ ބޭނުމުގައި) އެތައްހާސް ބަޔަކަށް ވަޒީފާ ދިނުމާއި، އެތައް މަޝްރޫޢެއް އިންތިޚާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި، ފެއްޓުމާއި، އަދި މުޅި ސަރުކާރު އެއްކޮށް ނުކުމެ، މަސައްކަތް ކުރިތަން." ކުރީގެ ނައިބު ރައީސް ފައިސަލް އާއްމުކުރެއްވި ވީޑިއޯގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފައިޞަލް ވިދާޅުވީ އިދިކޮޅުގައި ތިބެގެން އެމްޑީޕީން މި ހުރިހާ ގޮންޖެހުންތަކަކާއި އެކުވެސް މަސައްކަތްކޮށް ދިވެހި ރައްޔިތުން މިވަނީ ކާމިޔާބު ހޯދާފައި ކަމަށެވެ. ފައިސަލް ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓުގެ ގޮތުގައި ނެގިގެންދިޔަ މިވޯޓަކީ، ސަރުކާރަށް ޢިތުބާރު އޮތްތޯ ނުވަތަ ނެތްތޯ ބެލުމަށްޓަކައި ނެގުނު ވޯޓެއް ކަމަށެވެ.

ފައިސަލް ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންނަށް މަރުޚަބާ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް