ރާއްޖެ

އާއްމުންގެ ތެރެއިން މީހުން ނައިސްގެން 2 މަރުކަޒެއްގައި ވޯޓުލުން ނުފެށި 1 ގަޑިއިރުވި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އާއްމުންގެ ތެރެއިން މީހުން ނައިސްގެން 2 މަރުކަޒެއްގައި ވޯޓުލުން ނުފެށި 1 ގަޑިއިރުވި

އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން --- ފޮޓޯ: ރައްޔިތުންގެ ނޫސް

މިއަދު ކުރިޔަށްދާ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ނަގާ ދެ މަރުކަޒެއްގައި ވޯޓުލުން ނުފެށި ގަޑި އެއްގެ އިރަށް ވުރެ ގިނަވީ، އާއްމު ދެމީހުން ވޯޓުލާން ހާޟިރުވެ ނެތުމުން ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން 9 ޖެހިފަހުން މީޑިއާ އާއި ޙިއްޞާކުރި މެސެޖުގައި ވިދާޅުވީ، އެހާތަނަށް، ޖުމްލަ 588 ފޮށީގެ ތެރެއިން 585 ފޮށީގެ ވޯޓުލުން ވަނީ ފެށިފައިކަމަށެވެ. އަދި ހުރިހާ ފޮށިތަކެއްގައި ވޯޓުލުން ފެށިއްޖެކަމުގައި އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވީ 9:30 ވީ ފަހުންނެވެ.

ވޯޓުލުން ފަށާ ގަޑީގެ ގޮތުގައި ހަމަޖައްސާފައި އޮތީ ހެނދުނު، 8 އިން ހަވީރު 4 އަށެވެ.

އާއްމު އިންތިޚާބުތަކާއި ބެހޭ ޤާނޫނުތަކުގައި ބުނާ ގޮތުގައި، ވޯޓުލާ މަރުކަޒެއްގައި ވޯޓުފޮށި ކެނޑޭނީ، އެދާއިރާއަކަށް ވޯޓުލެވޭ އާއްމު ދެމީހެއްގެ ޙާޟިރުަގައެވެ. އަދި ވޯޓުފޮށި ބަންދު ކުރެވޭނީވެސް ޤާނޫނުގައި ބުނާ ހުރިހާ އެއްމެން ހަމަޔަށް ތިބެގެންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބަކީ، ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ނިސްބަތުން އެންމެ ދަށް އިންތިޚާބެވެ. އެހެން ނަމަވެސް މިއަދު ޚިޔާލު ހޯދުމުގެ ވޯޓުވެސް އޮތުމާއިއެކު ކުރީ ފަހަރުތަަކަށް ވުރެ މިފަހަރު ވޯޓުލާން ނުކުންނާނެ މީހުންގެ އަދަދު ގިނަވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް