ރާއްޖެ

ނަތީޖާ ލިބެން ފަށައިފި، ދެ އިންތިޚާބު އެއްކޮށްލުމަށް ބުނަނީ ނޫނެކޭ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނަތީޖާ ލިބެން ފަށައިފި، ދެ އިންތިޚާބު އެއްކޮށްލުމަށް ބުނަނީ ނޫނެކޭ

އިންތިޚާބުގެ ވޯޓު ގުނުމުގެ ތެރެއިން --- ފޮޓޯ: އިލެކްޝަންސް

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ވޯޓު ކަރުދާސްތައް ގުނައި ނަތީޖާތައް ލިބެން ފަށައިފިއެވެ.

މިގޮތުން ރިޒޯޓުތަކާއި އާބާދީމަދު އެހެން ރަށްރަށުގެ ނަތީޖާތައް ލިބެމުން އަންނައިރު، އެންމެ އަވަހަށޤ ސާފު ވަމުން އަންނަނީ، ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއެވެ.

ޚިޔާލު ހޯދުމުގެ ވޯޓުގައި މިހާތަނަށް ނަތީޖާ ލިބިފައވާ ޝީޓުތަކުގައި، ބޮޑު ތަފާތަކުން ރައްޔިތުން ނިންމާފައި ވަނީ، ދެއިންތިޚާބު އެއްކޮށް ބޭއްވުމަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާޙްގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމަށް ނުފެންނަ ކަމަށެވެ.

ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާތަކަށް ބަލާއިރު، ގަލޮޅު ދެކުނު 7 ނަމްބަރު ވޯޓުފޮއްޓަށް ވޯޓުލީ މީހުންގެ ތެރެއިން، 224 މީހުން ބުނެފައި ވަނީ ދެއިންތިޚާބު އެއްކޮށް ބޭއްވުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމަށް ނުފެންނަ ކަމަށެވެ. އެފޮށިން ފެންނަ ކަމަށް ވޯޓުދނީ 78 މީހުންނެވެ. 2 ވޯޓު ބާޠިލްވިއެވެ.

ހެންވޭރު އުތުރު 2 ނަމްބަރު ވޯޓުފޮއްޓަށް ވޯޓުލީ މީހުންގެ ތެރެއިން، 185 މީހުން ބުނެފައި ވަނީ ދެއިންތިޚާބު އެއްކޮށް ބޭއްވުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމަށް ނުފެންނަ ކަމަށެވެ. އެފޮށިން ފެންނަ ކަމަށް ވޯޓުދނީ 66 މީހުންނެވެ. 2 ވޯޓު ބާޠިލްވިއެވެ.

މާލޭގައި ބެހެއްޓި ވިލުފުށީ ވޯޓުފޮއްޓަށް ވޯޓުލީ މީހުންގެ ތެރެއިން، 262 މީހުން ބުނެފައި ވަނީ ދެއިންތިޚާބު އެއްކޮށް ބޭއްވުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމަށް ނުފެންނަ ކަމަށެވެ. އެފޮށިން ފެންނަ ކަމަށް ވޯޓުދނީ 90 މީހުންނެވެ. 12 ވޯޓު ބާޠިލްވިއެވެ.

ކައުންސިލް އިންތިޚާބުތަކަށް ބަލާއިރު، ވިލުުފުށީ ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީ ކެންޑިޑޭޓް އިބްރާހީމް ނަޢީމް ވަނީ ބޮޑު ތަފާތަކުން ހޮވިފައި ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް