ރާއްޖެ

އަލިފާނުގެ ހާދިސާއާ ގުޅިގެން ކިޔެވުން މެދުކެނޑުނަ ނުދިނުމަށް ބޭނުންވާ ސާމާނު ފޮނުވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަލިފާނުގެ ހާދިސާއާ ގުޅިގެން ކިޔެވުން މެދުކެނޑުނަ ނުދިނުމަށް ބޭނުންވާ ސާމާނު ފޮނުވައިފި

ވިލިގިލީގައި ހުންނަ ގއ. އަތޮޅުތަޢުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ދަރިވަރުންގެ ކިޔެވުން މެދުކެނޑުނަ ނުދިނުމަށްޓަކައި، ކޮންމެހެން ބޭނުންވާ ސާމާނާއި ތަކެތި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދު އެސްކޫލަށް ފޮނުވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ހިނގި އަލިފާނުގެ ހާދިސާގައި ވަނީ، ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެއް ބްލޮކް އެއްކޮށް އަނދައިގެން ގޮސްފައެވެ. އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔައީ، އެމަރުކަޒުގެ ޕްރައިމަރީ ގްރޭޑްތަކުގެ ޓީޗަރުންގެ ސްޓާފްރޫމާއި ބީޓެކް ދަރިވަރުން ބޭނުންކުރާ ކްލާސްރޫމު ކަން އެނގިފައިވެއެވެ.

ގއ އަތޮޅު ތަޢުލީމީ މަރުކަޒުން ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ މަރުކަޒުގެ ކިޔަވައިދިނުން މެދުކެނޑުނަނުދީ ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ 36 ގަޑިއިރުގެ ތެރޭގައި މުހިންމު ތަކެތި ހަމަޖައްސައިދީ ފޮނުވާފައި ކަމަށެވެ. މިގޮތުން، 10 ކޮމްޕިއުޓަރު ސިސްޓަމާއި، 3 ޕްރިންޓަރުގެ އިތުރުން 15 ފޮށިގަނޑު ޓެކްސްޓް ފޮތް އެއާރ ކާގޯ މެދުވެރިކޮށް މިހާރު ވަނީ ފޮނުވާފައި ކައުގައި އެމަރުކަޒުން ވިދާޅުވިއެވެ.

ކުރިއަށް އޮތް ހަފުތާގެ ހޯމަ ދުވަހުގެ ކުރިން ސްކޫލުގެ ކިޔަވައިދިނުން އަލުން ފެށި، އާންމު ހާލަތަކަށް ގެނެވޭނެ ކަމުގައި އެމަރުކަޒުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް