ރާއްޖެ

ވަގުތީ ނަތީޖާ: ބޮޑު 4 ސިޓީގެ މޭޔަރ ގޮނޑި އެމްޑީޕީއަށް ލިބުނުކަމުގެ އުފާފާޅުކުރަން ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވަގުތީ ނަތީޖާ: ބޮޑު 4 ސިޓީގެ މޭޔަރ ގޮނޑި އެމްޑީޕީއަށް ލިބުނުކަމުގެ އުފާފާޅުކުރަން ފަށައިފި

ރާއްޖޭގެ އެންމެ ބޮޑު ހަތަރު ސިޓީ ކަމުގައިވާ މާލެ ސިޓީ އާއި އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ މޭޔަރު ގޮނޑި މިހާރުވެސް އެމަޤާމުގައި ތިއްބެވި އެމްޑީޕީގެ ބޭފުޅުން ކާމިޔާބު ކުރައްވާނެ ކަމަށް މިހާތަނަށް ސާފުކުރެވުނު ވަގުތީ ނަތީޖާއިން ދައްކާ ކަމުުގައި ވޯޓުފޮށިތައް ދޮށުގައި ހަރާތްތެރިވި މަންދޫބުން ބުނެފިއެވެ.

މިހާތަނަށް ސާފު ކުރެވިފައިވާ، ވަގުތީ ނަތީޖާގައި، މިހާރުވެސް މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި ހުންނެވި، އާދަމް އާޒިމަށް މަޤާމު ދިފާއުކުރެއްވޭނެކަން ވަނީ ޔަޤީންކުރެވިފައެވެ. އައްޑޫ ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި ހުންނެވި، ޢަލީ ނިޒާރަށް އައްޑޫ ސިޓީގެ ފޮށިތަކުން ވަނީ ބޮޑު ކާމިޔާބެއް ލިބިވަޑައިގެންފައެވެ. ކުޅުދުއްފުށި ސިޓީގެމޭޔަރުގެ މަޤާމުގައި މިހާރު ހުންނެވި މުޙައްމަދު އާތިފަށް އެސިޓީގެ ފޮށިތަކުން ވަނީ ކުރި ލިބިވަޑައިގެންފައެވެ. މީގެ އިތުރުން، ފުވައްމުލަކުގެ މޭޔަރ އިސްމާޢީލް ރަފީޤުވެސް ވަނީ، އެސިޓީގައި ބެހެއްޓި ވޯޓުފޮށިތަކުން ކުރި ހޯއްދަވާފައެވެ.

މުޅި ނަތީޖާ ސާފުވާނީ، ވަކިވަކި ފޮށިތަކުގައި ހުރި އެދާއިރާތަކުގެ ނަތީޖާތައްވެސް ލިބުމުންނެވެ. އެހެން ނަމަވެސް އެދާއިރާތަކުގެ ފޮށިތައް ދޮށުގައި އިޢުލާނުކުރި، ވަގުތީ ނަތީޖާތަކުގައި، ތިން ބޭފުޅުންވެސް އުޅުއްވަނީ ކުރީގައި ކަމުގައި ވޯޓުގުނާ މަރުކަޒުތަކުގައި ތިއްބެވި މަންދޫބުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް