ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑަށް ބިންހެލުމެއް އުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބިންހެލުން އައި ސަރަހައްދު --
އައްޑޫ ސިޓީގެ ދެކުނުން 2500 ކިލޯމީޓަރު ދުރުން އިންޑިއާ ކަނޑުގެ އަޑިއަށް ބިންހެލުމެއް އަތުވެއްޖެއެވެ.
މޯލްޑިވްސް މީޓިއޮރިލޮޖިކަލްް ސަރވިސްއިން ވިދާޅުވީ، މިބިން ހެލުން ރިކޯޑު ކުރެވިފައި ވަނީ، މިއަދުގެ 9:56 ހާއިރުގައި ކަމަށެވެ. މިޑް އިންޑިއަން ރިޖަށްއައި މި ބިންހެލުމުގެ މަރުކަޒު ހުރީ އައްޑޫ ސިޓީގެ ދެކުނުން 2553 ކިލޯ މީޓަރުގެ ދުރު މިނުގައި ކަމަށާއި، ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 5.3ގައި ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓު އޮފީހުން ވިދާޅުވީ، މިބިންހެލުމުގެ ސީދާ ނުރައްކަލެއް ރާއްޖެއަށް ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް