ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ވޯޓުލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިންތިޚާބު ތަކުގެ ވޯޓުލުން ކުރިޔަށް ދަނީ --- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި މިހާތަނަށް އައި އިރު ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ވޯޓުލައިފި ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެކޮމިޝަނުން ވިދާޅުވީ، 16:00 އާއި ހަމައަށް ޖުމުލަ 185709 މީހުން ވޯޓުލާފައި ވާކަމަށެވެ. އެއީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ %63 އެވެ. އެހާތަނަށް ވޯޓު ނުލައި ތިބީ، 109167 މީހުންނެވެ. އެއީ ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ %37 އެވެ.
ހޫނުގަދަވެ، ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް މިއަދު ދަތިވެފައި ވާތީ، އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ، ކިއު ބަންދުކުރާ ގަޑި 5:00އަށް ފަސްކޮށްފައެވެ. 5:00ގެ ފަހުންވެސް ކިއުބަންދު ކުރާއިރު، ކިއުގައި ތިބި މީހުން ވޯޓުލައި ނިމެންދެން ވޯޓުލުން ކުރިޔަށް ގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް