އާދީއްތަ ދުވަހާއި، ހޯމަ ދުވަހުވެސް ސަރުކާރު ބަންދު ކުރެއްވުމަށް ރައީސް ނިންމަވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް
މިއަދު އޮތް އިންތިޚާބާއި ގުޅިގެން، (މާދަމާ) އޭޕްރީލް 5ވާ އާދީއްތަ ދުވަހާއި، އޭޕްރީލް 6ވާ ހޯމަ ދުވަހަކީވެސް ސަރުކާރު ބަންދު ދެދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މި ދެދުވަސް ސަރުކާރު ބަންދު ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވީ އެ ދެދުވަސް ބަންދުކޮށް ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައި ވާތީއެވެ.
މިއަދު ކުރިޔަށްދާ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެއެވެ. އަދި އިންތިޚާބާއި ގުޅޭ މަސައްކަތްތައް، އާދީއްތަ ދުވަހާއި ހޯމަ ދުވަހުންވެސް ކުރިޔަށްދާނޭ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް