ހުރިހާ ސިޓީކައުންސިލްތަކުގެ މޭޔަރުން ގޮނޑި ދިފާޢުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސިޓީތަކުގެ މޭޔަރުން ---
ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން، މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރައްވައި ގޮނޑި ދިފާއު ކުރައްވައިފިއެވެ.
މާލޭސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމުގައި ހުންނެވި އާދަމް އާޒިމާއި، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ މަޤާމުގައި ހުންނެވި، ޢަލީ ނިޒާރާއި، ކުޅުދުއްފުށީ މޭޔަރުގެ މަޤާމުގައި ހުރި، މުޙައްމަދު އާތިފާއި، ފުވައްމުލަކު ސިޓީގެ މޭޔަރުގެ މަޤާމުގައި ހުންނެވި އިސްމާޢީލް ރަފީޤާއި، ތިނަދޫ މޭޔަރުގެ މަޤާމުގައި ހުރި ސަޢުދު ޢަލީވެސް ވަނީ ގޮނޑި ދިފާޢުކުރައްވާފައެވެ. މީގެ އިތުރުން ސިޓީކައުންސިލްތަކުގެ މެޖޯރިޓީވެސް ހޯދާފައި ވަނީ އެމްޑީޕީންނެވެ.
ރާއްޖޭގެ ހުރިހާ ސިޓީތަކެއް އެމްޑީޕީން ކާމިޔާބު ކުރި އިރު، މިއީ ސަރުކާރަށް ލިބިގެން ދިޔަ ވަރަށް ބޮޑު ނާކާމިޔާބެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް