ރާއްޖެ

ބައެއް ފޮށިތަކުގައި އަދިވެސް ވޯޓުލުން ނުނިމޭ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބައެއް ފޮށިތަކުގައި އަދިވެސް ވޯޓުލުން ނުނިމޭ

އަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުލުމަށް ބެހެއްޓި ވޯޓު ފޮށިތަކުގެ ތެރެއިން 7 ފޮއްޓެއްގައި އަދިވެސް ވޯޓުލުން ކުރިއަށް ދާކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިރޭ 8:45 ވީއިރުވެސް 4 ފޮށި ބަންދު ނުކުރެވޭ ކަމަށެވެ. ކޮމިޝަންގެ ނައިބު ރައީސް ސަލާޙް ރަޝީދު ވިދާޅުވީ، އިންތިޚާބުގެ ވޯޓުލުމަށް ބެހެއްޓި 588 ފޮށީގެ ތެރެއިން މިހާތަނަށް ބަންދުކުރެވިފައި ވަނީ 584 ފޮށި ކަމަށެވެ. އޭނާ ވިދާޅުވީ، މިހާތަނަށް 490 ވޯޓުފޮއްޓެއް ގުނުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

މިއަދު 5:00ގައި ވޯޓު ކިއު ބަންދުކުރި އިރު، ވޯޓުލުން ނިމިފައި ވަނީ 512 ފޮށީގައި ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

މިހާތަނަށް ބަންދު ނުކުރެވެނީ ކޮންދާއިރާއެއްގެ ކޮންފޮށިތަކެއް ކަމެއް ކޮމިޝަނުން ހާމައެއް ނުކުރައްވައެވެ.

މިހާރު ވަނީ، ގިނަ ފޮށިތަކެއް ގުނައި ވަގުތީ ނަތީޖާވެސް ލިބެން ފަށާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް