ކިއު ދިގުވެ ވޯޓުލުން ބަންދުކުރާ ގަޑި ފަސްކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިހާރު ބައެއް ވޯޓުލާ މަރުކަޒު ތަކުގައި އޮތީ ވަރަށް ކިއޫ ބޮޑުވެފައެވެ. ޚާއްޞަކޮށް، ހުޅުމާލެ ފޭސް 2 ގައި ކާމިލު ދީދީ ޕްރައިމަރީ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓުފޮށިތަކުގެ ކިއޫ ވަރަށް ދިގެވެ. ކާމިލުދީދީ ޕްރައިމަރީ ސްކޫލުގައި އަތޮޅުތަކުގެ މީހުން ވޯޓުލުމަށް ބަހައްޓާފައިވާ ވޯޓުފޮއްޓަކަށް ވޯޓުލީ މީހަކު ބުނީ، އޭނާ ކިއޫއަށް އެރީ 11:30 ގައި ކަމަށާއި، 3:30 ވީ އިރުވެސް ވޯޓު ނުލެވޭ ކަމަށެވެ.
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ވޯޓުލުމުގެ ވަގުތު 5:00 އާއި ހަމައަށް އިތުރުކޮށްދީފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ވޯޓުލާ ވަގުތަށް އެއްގަޑި އިރު އިތުރުކުރީ، ހޫނުގަދަވެ، ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ ކަމަށެވެ.
މިހާރު ބައެއް ވޯޓުލާ މަރުކަޒު ތަކުގައި އޮތީ ވަރަށް ކިއޫ ބޮޑުވެފައެވެ. ޚާއްޞަކޮށް، ހުޅުމާލެ ފޭސް 2 ގައި ކާމިލު ދީދީ ޕްރައިމަރީ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓުފޮށިތަކުގެ ކިއޫ ވަރަށް ދިގެވެ. ކާމިލުދީދީ ޕްރައިމަރީ ސްކޫލުގައި އަތޮޅުތަކުގެ މީހުން ވޯޓުލުމަށް ބަހައްޓާފައިވާ ވޯޓުފޮއްޓަކަށް ވޯޓުލީ މީހަކު ބުނީ، އޭނާ ކިއޫއަށް އެރީ 11:30 ގައި ކަމަށާއި، 3:30 ވީ އިރުވެސް ވޯޓު ނުލެވޭ ކަމަށެވެ.
ވޯޓުލާ މަރުކަޒުތަކުގެ އިންތިޒާމްތައް މިފަހަރު ވަރަށް ބޮޑަށް ގޯސްކަން ގިނަ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
މިއަދުގެ 14:00 އާއި ހަމަައަށް، ވޯޓުލާފައި ވަނީ، 131947 މީހުންނެވެ. އެއީ ވޯޓުލުުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 45 އިންސައްތައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް