ރާއްޖެ

މާލޭ ފަޅުތެރޭގައި އޮތް ބޯޓެއްގެ 5 ފަޅުވެރިން ހޭނެތިފައި ތިއްބައި ފެނިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާލޭ ފަޅުތެރޭގައި އޮތް ބޯޓެއްގެ 5 ފަޅުވެރިން ހޭނެތިފައި ތިއްބައި ފެނިއްޖެ

ފުލުހުންގެ މައި އިދާރާ ---

މާލޭ ނޯތު ހާބަރުގައި އޮތް ދޯންޏެއްގައި ތިބި ފަޅުވެރިންތަކެއް ހާލު ދެރަވެފައި ތިއްބައި ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާލެ، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ހަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ، 2026 އޭޕްރީލް 4 ވަނަ ދުވަހުގެ ހެނދުނު 06:35 އެހާކަން ހާއިރުގައި ކަމަށެވެ.

ހަބަރު ހުސްވެފައިވަނިކޮށް ފެނިފައި ވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެއް ކަމަށާއި އެ އެންމެންނަކީ ވެސް ފިރިހެނުން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ މީހުންނަށް ފަރުވާ ދެމުން އަންނަނީ އައި.ޖީ.އެމް ހޮސްޕިޓަލުގައިކަމަށެވެ.

އެސަރަހައްދުގައި އޮތް ބައެއް ބޯޓުތަކުގެ މީހުންގެ ފަރާތުން މައުލޫމާތު ލިބިނުގޮތުގައި، ހާލު ދެރަވެފައި ތިބި ފަޅުވެރިންތަކެއް ފެނުނީ، ޑީއެމްއެމް އެކްސްޕްރެސް 5 ނަމަކަށް ކިޔާ ބޯޓެކެވެ. އެބޯޓަކީ، ހއ. އަތޮޅުގެ ރަށްރަށަށް މުދާ އުފުލާ ބޯޓެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް