ރާއްޖެ

ހުޅުމާލެ ފޭސް 3 ގައި ހުރި ބައު އެކަމަޑޭޝަން ބްލޮކެއްގައި ރޯވެ އަނދައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުޅުމާލެ ފޭސް 3 ގައި ހުރި ބައު އެކަމަޑޭޝަން ބްލޮކެއްގައި ރޯވެ އަނދައިފި

ހުޅުމާލެ ފޭސް 3 ގައި ހުރި ބައު އެކަމަޑޭޝަން ބްލޮކެއްގައި ރޯވެ އަނދައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ރޯވެ އެނދި އެ އެކޮމަޑޭޝަން ބުލޮކަކީ މިހާރު ފަޅަށް ހުންނަ ތަނެއް ކަމާއި އެތަނުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް ނޭނގޭ ކަމަށެވެ. އެތަނުގައި އަލިފާން ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު، 17:12 ހާއިރުގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ފަޅަށް ހުންނަތާ ގިނަ ދުވަސްވީ އެ އެކޮމަޑޭޝަން ބްލޮކަކީ، ކަރަންޓްވެސް ހުންނަ ތަނެއް ނޫނެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ނެތެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް