ލުއި ޚަބަރު

ނާކާމިޔާބީ ޤަބޫލުފުޅު ކުރައްވައި ރައީސް ވިދާޅުވީ ކަންކަން ރަނގަޅު ކުރައްވާނޭ ކަމަށް!

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނާކާމިޔާބީ ޤަބޫލުފުޅު ކުރައްވައި ރައީސް ވިދާޅުވީ ކަންކަން ރަނގަޅު ކުރައްވާނޭ ކަމަށް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---

މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މިއިންތިހާބު ކާމިޔާބު ކުރެެއްވި ހުރިހާ ފަރާތްތަކަށް ތަހްނިޔާ ދަންނަވާ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވާ ކަމަށެވެ.

މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، ޚިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބަކާއި ކުރިމަތިވެފައެވެ. ނުފޫޒާއި ބާރުގައި ބޮޑެތި ކެމްޕޭން އިވެންޓްތަކެއް ބޭއްވި ނަމަވެސް ވޯޓުން ފެނިގެން ދިޔައީ މުޅިން އެހެން ނަތީޖާއެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް