ރާއްޖެ

ހެންވޭރު ދަނޑުގައި ޖެހި ޓެންޓު ތެރޭގައި ވޯޓުލާން ނުތިބެވޭ ވަރަށް ހިރަފުސް ބޯވެފައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހެންވޭރު ދަނޑުގައި ޖެހި ޓެންޓު ތެރޭގައި ވޯޓުލާން ނުތިބެވޭ ވަރަށް ހިރަފުސް ބޯވެފައި

ޓެންޓްގެ ބިންމަތީގައި ސަތަރި ނުވަތަ ކާޕެޓް އަޅާފައި ނެތުމުން އަރާ ހިރަފުހުން ވޯޓާއި ގުޅޭ ލިޔެކިޔުންތައް ހަޑިވެފައި --- ފޮޓޯ: ރައްޔިތުންގެ ނޫސް

މިއަދު ކުރިޔަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ޚިޔާލު ހޯދުމުގެ ވޯޓުގައި އަތޮޅުތަކުގެ މީހުން ވޯޓުލުމަށް ޖަހާފައިވާ ހެންވޭރު ދަނޑުގައި ޖަހާފައިވާ ޓެންޓުގެ ތެރޭގައި ހިރަފުސް ބޯވުމުގެ ސަބަބުން އާއްމުންގެ ޝަކުވާ ބޮޑުވެއްޖެއެވެ.

އެޓެންޓް ޖަހާފައި ހުރީ، ދަނޑުގެ ވިނަގަނޑުމައްޗާއި ބިންމަތީގައި، ސަތަރި، ނުވަތަ ކާޕެޓްފަދަ އެއްވެސް އެއްޗެއް ނާޅައި ކަމަށް ވުމުން، ޓެންޓުގެ އޭސީތައް ޖެއްސުމާއި އެކު އޭސީތަކަށް ދަމާވަޔާއެކު، ތަނުގެ ތެރޭގައި ވަނީ މުޅިން ހިރަފުސް ބޯވެފައެވެ. އެހެންވެ އެޓެންޓުގެ އެކި ދިމަދިމާއިން މިހާރު ހުރީ ހުޅުވާފައެވެ. އެހެން ނަމަވެސް ތަނުގެ ތެރޭގައި އުފެދޭ ހޫނުން ސަލާމަތް ވުމަށް އޭސީތައް ކަނޑާނުލައި ހުރި އިރު ހިރަފުސް ބޯވުމުން އާއްމުންނަށް ވަނީ އުނދަގޫތަކާއި ކުރިމަތިވެފައެވެ.

Uploaded image

ހެންވޭރު ދަނޑުގައި އަތޮޅުތަކުގެ 30 ވޯޓު ފޮއްޓެއް ބަހައްޓާފައި ވެއެވެ.

ވޯޓުލާ މަރުކަޒުތައް ޤާއިމްކުރުމަށް ހެންވޭރު ދަނޑުގައި ޓެންޓު ޖަހާފައި ވަނީ، އޮފިޝަލް އިވެޓްސް މޯލްޑިވްސްއަށް 4.9 މިލިޔަން ރުފިޔާ ދީގެންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް