މާލެއަށް އެއްޗެހީގައި ހިޔަނި ނުހުންނަ ވަގުތެއް އަންނަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސިނަމާލެ ބުރިޖު -- ފޮޓޯ: ރައްޔިތުންގެ ނޫސް
ދުނިޔޭގެ ދައުރުވުމާއި އެކު، މާލެއަށް ހިޔަނި ނެތް ވަގުތެއް މިހަފްތާގެ އަންގާރަ ދުވަހު އަންނާނެއެވެ.
މިގޮތަށް ދިމާވަނީ، އިރުގެ ދައުރުވުމާއި އެކު އިރު ސަދަން ހެމިސްފިއާއިން ނޮދަން ހެމިސްފިއާއަށް ދަތުރުކުރާއިރު، ސީދާ މާލެއާ ދިމާއަށް އިރު އަންނާތީއެވެ. މިގޮތުން މި މާރިޗުމަހުގެ 31 ވަނަ ދުވަހު މެންދުރު ނަމާދު ވަގުތުގައި އިރު މެދު ޖެހޭއިރު، އިރު ހުންނާނީ ސީދާ މާލެ މަތީގައެވެ. އެހެންވެ މާލޭގައި ކޮޅަށް ސީދާ އޮލަނބަށް ހުންނަ އެއްޗެއްގައި އެދުވަހުގެ އެވަގުތުގައި އެއްވެސް ހިޔަންޏެއް ނުހުންނާނެއެވެ.
މިހާލަތު މާލެއަށް ކުރިމަތިވާނީ، މާރިޗު މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12:10ގައެވެ. މިހާލަތު ދެމި އޮންނާނީ، އެންމެ މިނިޓަކަށެވެ.
މިދުވަސްވަރަކީ، ހޫނު މޫސުމުގެ ދުވަސްވަރަށް ވެފައި އިރު ސީދާ މާލޭގެ މައްޗަށް އަރާފައި ވުމާއިއެކު، އިޙްސާސްކުރެވޭ ހޫނުމިންވެސް މަތިވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.
ސްރީލަންކާއިން ހާމަކޮށްފައިވާ ގޮތުގައި އެޤައުމަށް މިއަހަރު ކުރިމަތިވާ އެންމެ ހޫނު ގަދަ ދުވަހަކަށް ވާނީ، މިފެށޭ އޭޕްރީލް މަހުގެ 4 ވަނަ ދުވަހެވެ.
ހޫނު ގަދަވުމުގެ ސަބަބުން، ކަނޑުތަކުގެ ހޫނުމިން މައްޗަށްގޮސް ފަރުތަކަށް ގެއްލުން ލިބި ގާ ހުދުވުމުގެ މައްސަލަ މިއަހަރު ބޮޑަށް ދިމާވާނެ ކަމުގައިވެސް ތިމާވެށީގެ ތަޖުރިބާކާރުން ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް