ދުނިޔެ

އިޒްރޭލުގެ ޖަލުތަކުގައި ތިބި އެތައް ހާސް ފަލަސްޠީނު މުސްލިމުން މަރާލަން ޤާނޫނު ފާސްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިޒްރޭލުގެ ޖަލުތަކުގައި ތިބި އެތައް ހާސް ފަލަސްޠީނު މުސްލިމުން މަރާލަން ޤާނޫނު ފާސްކޮށްފި

އިޒްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ހަމައެކަނި ފަލަސްޠީނު މީހުންނަށް މަރުގެ ޢަދަބު ދިނުމަށް އިޒްރޭލްގެ ޤާނޫނު ހަދާ މަޖިލީހުން އިއްޔެ ޤާނޫނެއް ފާސްކޮށްފިއެވެ،

މިޤާނޫނަކީ، ހަރުކަށި ހައްދުފަހަނައެޅި ޖަމާޢަތްތަކުން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޤަޠުލްޢާއްމުގެ ތެރެއިން ހިންގާ ޤާނޫނުން ބާރުހޯދައިގެން ހިންގުމަށް ރާއްވާފައިވާ ޤަޠުލުޢާއްމެއް ކަމުގައި ފަލަޞްޠީނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

Uploaded image

އެޤާނޫނަކީ، އިޒްރޭލުގެ ރައްޔިތުންނަށް ހަމަލާދިނުމާއި، އެނޫންވެސް ކުއްތަކުގައި އިޒްރާއީލުގެ ކޯޓުތަކުން މަރުގެ ޙުކުމް އިއްވާފައިވާ، ފަލަސްޠީނުގެ މީހުންގެ މައްޗަށް މަރުގެ ޙުކުމްތަންފީޒު ކުރުމަށް ފާސްކޮށްފައިވާ ޤާނޫނެކެވެ، އެޤާނޫނު ފާސްކުރުމާއި އެކު މިހާރު އިޒްރާއީލްގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ މީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

އިޒްރާއީލުގެ ޖަލުތަކުގައި ފަލަސްޠީނުގެ 9300 ވުރެ ގިނަ މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ އިރު، އަންހެނުންވެސް ހިމެނެއެވެ.

މިޤާނޫނު ފާސްކުރުމަށްފަހު، އިއްޔެ ވަނީ އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހުގެ ތެރޭގައި އުފާފާޅުކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް