ރާއްޖެ

އައްޑޫގައި ކާރެއް ފުރޮޅާލައި ބަޔަކަށް އަނިޔާވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އައްޑޫގައި ކާރެއް ފުރޮޅާލައި ބަޔަކަށް އަނިޔާވެއްޖެ

ފުލުހުން އައްޑޫ ސިޓީގައި ކުރިޔަށް ގެންދިޔަ ޓްރެފިކް އެވެއާނަސް ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ: ޕޮލިސް

އައްޑޫ ސިޓީގައި ކާރެއް ފުރޮޅާލައި ބަޔަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު 2026 މާރިޗު 21 ވަނަ ދުވަހުގެ 16:50 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގިއިރު ކާރުގައި ތިބި ހަތަރު މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ކާރު ދުއްވި ޑްރައިވަރަށ ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. މިހާދިސާގައި އަނިޔާވި އެންމެންނަށް މިހާރު ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުން އަންނަނީ މިހާދިސާ ތަޙްޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް