ރާއްޖެ

ތެލުގެ އަގުބޮޑު ކުރުމުގެ ވިސްނުމެއް ނެތް: ފިނޭންސް މިނިސްޓަރ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ތެލުގެ އަގުބޮޑު ކުރުމުގެ ވިސްނުމެއް ނެތް: ފިނޭންސް މިނިސްޓަރ

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ބޭނުންވާ ވަރަށް ތެޔޮ އެބަހުރި ކަމަށާއި، ކުރިޔަށް އޮތްތަނުގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގައި ތެލުގެ ވިޔަފާރިއަކީ އެސްޓީއޯގެ އިތުރުން ވަރަށް ގިނަ ވިޔަފާރިވެރިންވެސް ކުރަމުން އަންނަ ވިޔަފާރިއެއް ކަމަށެވެ. އެހެންކަމުން ސަރުކާރުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެވިޔަފާރިތަކަށްވެސް އެހާ ބޮޑު ގެއްލުމެއް ވިޔަނުދީ މިކަމުން އަރައިގަނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގައި އެކަށީގެންވާ މިންވަރަކަށް ތެލުގެ ސްޓޮކް އެބަހުރި ކަމަށެވެ. އަދި އެސްޓީއޯގެ ދެ އުޅަނދުކަމުގައިވާ އަލިމަސް އާއި ނިއޯން އިން މިހާރު ދަނީ ރާއްޖެއަށް ތެޔޮ ގެނެސް ހުސްކުރަމުން ކަމުގައި މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ. މީގެ އިތުރުން އޭޕްރީލް މަހުގެ 2 ނުވަތަ 3 ގައި، ސިންގަޕޫރުންވެސް ރާއްޖެއަށް ތެޔޮ ގެންނާނެ ކަމަށެވެ.

މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ތެލާއި އަސާސީ ކާބޯތަކެތި ދަތިނުވެ ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ. އަދި ބާޒާރުގައި އަގުތައް އުފުލިގެން ދިޔަ ނުދިނުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް