ދުނިޔެ

އިޒްރޭލުގެ ޑައިމޯނާ ނިއުކުލިއަ ޕްލާންޓަށް އީރާނުން ހަމަލާދީފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިޒްރޭލުގެ ޑައިމޯނާ ނިއުކުލިއަ ޕްލާންޓަށް އީރާނުން ހަމަލާދީފި

އިޒްރޭލުގެ ޑައިމޯނާ ނިއުކްލިއަ ޕްލާންޓް ---

އީރާނުން އިޒްރޭލުން ޑައިމޯނާ ނިއުކްލިއަ ޕްލާންޓަށް އަމާޒުކޮށް ހަމަލާދީފިއެވެ.

މިޑްލް އީސްޓް އައި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ހަމަލާ އަރާފައި ވަނީ، ޑައިމޯނާގައި މަސައްކަތް ކުރާ މީހުން ތިބޭ ގެތަކަށެވެ. ހަމަލާގައި ވަރަށް ބޮޑެތި ގެއްލުންތައް ލިބުނު އިރު 61 މީހުން ޒަޚަމްވި ކަމަށް އިޒްރާއީލުގެ މީޑިއާތަކުންވެސް ރިޕޯޓްކޮށްފައި ވެއެވެ. އެހެން ނަމަވެސް ހަމަލާގައި އެއްވެސް މީހަކު މަރުވިކަމެއް ނުވަތަ ނޫންކަމެއް އިޒްރޭލުން ހާމަކޮށްފައެއް ނުވެއެވެ.

މިހަމަލާގައި ޑައިމޯނާ ނިއުލިއަ ޕްލާންޓަށް ސީދާ ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ނެތެވެ. އެހެން ނަމަވެސް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަމީހުން ގެތަކުން މީހުން ނުކުތުމަށާއި ގޭސް ލީކުވާކަމުގެ އިންޒާރުދޭކަން އާއްމުވެފައިވާ ވީޑިއޯ ކްލިޕުން ހާމަވެއެވެ.

އީރާނުން ބުނެފައި ވަނީ، ހަމަލާދިނީ، ޑައިމޯނާގައި މަސައްކަތްކުރާ ނިއުކުލިއަ ސައިންޓިސްޓުން ފިލާތިބޭ ބަންކަރަކަށް ކަމަށެވެ. އާއްމު ވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މިސައިލް ހަމަލާ އެރި އިމާރާތާއި އެސަރައްހައްދުގެ ވަށައިގެން ހުރި އެހެން އިމާރާތްތައްވެސް ވަނީ ފުނޑުފުނޑުވެފައެވެ.

ޑައިމޯނާ ނިއުކްލިއަ ޕްލާންޓަށް އަމާޒުކޮށް އީރާނުން ހަމަލާދީގައި މިވަނީ އީރާނުގެ ނަތަންޒް ނިއުކުލިއަ ޕްލާންޓަށް ހޮނިހިރު ދުވަހު ހެނދުނު އިޒްރޭލާއި އެމެރިކާއިން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އެހަމަލާގެ ސަބަބުން ރޭޑިއޯ އެކްޓިވް ގޭސް ލީކު ނުވާކަމަށް އީރާނުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް