ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް މިސައިލެއް ފޮނުވާލިކަމަށް ފެތުރި ޚަބަރު އީރާނުން ދޮގުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޑިއޭގޯ ގާސިއާ --
ފޯޅަވަހީގައި އޮންނަ އެންމެ ބޮޑުރަށް ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް އީރާނުން ދެ މިސައިލް ފޮނުވާލިކަމަށް، ބައިނަލްއަޤުވާމީ މީޑިއާތަކުން ފެތުރި ޚަބަރު އީރާނުން ދޮގުކޮށްފިއެވެ.
އީރާނުގެ އޮފިޝަލުން އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، އީރާނުން ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް ދެ މިސައިލެއް ފޮނުވާލިކަމަށް އެެމެރިކާ އާއި އިޒްރޭލުން އަދި ހުޅަނގުގެ މީޑިއާތަކުން ފެތުރި ޚަބަރަކީ ދޮގެއް ކަމަށެވެ. އީރާނުން ޑިއޭގޯ ގާސިއާއަށް ހަމަލާދޭން ދެ މިސައިލް ފޮނުވާލައިފި ކަމަށް އެންމެ ފުރަތަމަ ރިޕޯޓް ކުރީ އެމެރިކާގެ ދި ވޯލްޑް ސްޓްރީޓް ޖާރނަލް އިންނެވެ.
އެހަމަލާގެ ޚަބަރުތަކާއި އެކު، އެމެރިކާއާ އިޒްރާއީލުގެ މީޑިއާތަކުން ވަނީ، އީރާނަކީ މުޅި ދުނިޔެއަށް ނުރައްކާ އޮތް ޤައުމެއް ކަމަށާއި، ޔޫރަޕާއި އެފްރިކާ އަދި އިރުމަތީ އޭޝިއާ ހަމައަށް އީރާނުގެ މިސައިލްތައް ފޯރާކަމަށް ބުނެ އީރާނާއި ދެކޮޅަށް އިޒްރޭލާއި އެމެރިކާއިން ހަނގުރާމަ ކުރަމުން އަންނަނީ މުޅިދުނިޔޭގެ ރައްކާތެރިކަމަށް ކަމުގައި ބުނެ ޕްރޮޕެގެންޑާތައް ފަތުރާފައެވެ.
ބެލެވިފައިވާ ގޮތުގައި އެމެރިކާ އާއި އިޒްރާއީލުން އެޕްރޮޕެގެންޑާ ފެތުރުމުގެ ބޭނުމަކީ، ހަނގުރާމަ އާއި ދެކޮޅަށް ޚާއްޞަކޮށް ޔޫރަޕްގެ އާއްމުން ތެދުވަމުންދާތީ، ޔޫރަޕަށްވެސް އީރާނުގެ ނުރައްކާއޮތް ކަމަށް ވިސްނައިދީގެން ހަނގުރާމައަށް ތާޢީދު ހޯދުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް