ރާއްޖެ

ފޭސް 3ގައި އަޅާ ފްލެޓްތައް ރިޔާސީ އިންތިޚާބުގެ ކުރިން ނިމޭނެ - ބީއެމްއެލް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފޭސް 3ގައި އަޅާ ފްލެޓްތައް ރިޔާސީ އިންތިޚާބުގެ ކުރިން ނިމޭނެ - ބީއެމްއެލް

ފޭސް 3ގައި އަޅާ ފްލެޓްތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން ރޭ ބިންގާއެޅި ފްލެޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ނިމޭނެ ކަމުގައި ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލްގެ ތަރުޖަމާނު މުޙައްމަދު ސަޢީދު ވިދާޅުވީ، ރޭ ބިންގާއެޅި 1224 ހައުސިންގ ޔުނިޓްގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިމެނެ ކަމަށެވެ. އެހެން ކަމުން ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން އެފްލެޓްތަކުގެ މަސައްކަތް އޮންނާނީ ނިމިފައެވެ.

ބީއެމްއެލްއިން އެ ފްލެޓްތައް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން އެކުލަވައިލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އިން ޖުމުލަ 3260 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ނިންމާފައެވެ. މިފްލެޓްތައް އަޅާނީ ހުޅުމާލޭގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް