ރާއްޖެ

ލޯންޗުން ކަނޑަށް ގެއްލުނު މީހުން ނުފެނި 3 ވަނަ ދުވަސް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ލޯންޗުން ކަނޑަށް ގެއްލުނު މީހުން ނުފެނި 3 ވަނަ ދުވަސް

ކަނޑަށް ގެއްލުނު ދެމީހުން ހޯދުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ: އެމްއެންޑީއެފް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު، ވ ފެލިދޫ ކައިރީގައި ހިނގި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ 2 މީހުން ނުފެނި 3 ދުވަސްވެފައި ވާއިރު އެމީހުން ދިރިހުއްޓައި ފެންނާނެ ކަމުގެ އުއްމީދު ކުޑަވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ކަނޑަށް ގެއްލުނު އެ ދެމީހުން ހޯދުމަށް އިއްޔެ އިރުއްސުމާއި ހަމައަށް، ކަނޑުމަގުން 3450 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ އިރު، ކަނޑު އަޑިން ފީނައިގެން 7000 ސްކޮޔަރ މީޓަރުގެ ސަރަހައްދެއް ވަނީ ބަލާފައި ކަމަށެވެ.

ވ.ކެޔޮދޫ ހުޅަނގު ދެކުނުން 2 ނޯޓިކަލް މޭލު ބޭރުން ދުއްވަމުން ދިޔަ ލޯންޗަކަށް ދިމާވި ހާދިސާއެއްގައި، އެލޯންޗުގައި ތިބި 7 މީހުންގެ ތެެރެއިން 5 މީހުން ކަނޑަށް ވިއްސައިގެން ދިޔައެވެ. ކަނޑަށް ވެއްޓުނު މީހުންގެ ތެރެއިން 3 މީހަކު ސަލާމަތް ކުރެވުނު އިރު، އޭގެ ތެރެއިން އެކެއްގެ އަތްބުރިވިއެވެ.

މިހާދިސާ ހިނގި އިރު، ލޯންޗު ދުއްވަން އިނީ، އެލޯންޗުގެ ވެރިޔާ އަދި ބިލިޔަނަރު، ގޯތަމް ސިންގހާނިއާ ކަމަށް އެނގިފައި ވެއެވެ. ކަނޑަށް ގެއްލުނު މީހުންގެ ތެރޭގައި ހިމެނޭ އެކަކީ، އިންޑީއާގެ މޮޓޯ ސްޕޯރޓްސްގައި މަޝްހޫރު ހަރީ ސިންގއެވެ.

އެ ހާދިސާގައި، ބިލިޔަނަރު، ގޯތަމް ސިންގހާނިއާއަށް މާބޮޑު އަނިޔާއެއް ނުވި ނަމަވެސް ބޭސްފަރުވާއަށް ކަމަށް ބުނެ އޭނާ އާއި އޭނާގެ އަންހެނުން ވަނީ ހުކުރު ދުވަހު ރާއްޖެއިން ފުރައިގެން ގޮސްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް