ރާއްޖެ

ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ޖޫންމަހު ހަވާލުކުރެވޭނެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ޖޫންމަހު ހަވާލުކުރެވޭނެ

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ---

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް މިއަހަރުގެ ޖޫންމަހު ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިޔަށްދާ ގޮތާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓުގައެވެ. އެމަނިކުފާނު ވިދާޅުވީ، ގިރާވަރު ފަޅުން ބިންހިއްކުމުގެ މަސައްކަތް މިފެށޭ އޭޕްރީމް މަހުގެ ތެރޭގައި މުޅިން ނިމޭނެ ކަމަށެވެ.

މެދު ކަނޑާލާފައި އޮތުމަށް ފަހުގައި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށާފައި ވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގައެވެ. އެމަސައްކަތް މިހާރު ކުރަމުން އަންނަނީ އެމްއޭސީއެލްއިންނެވެ.

ގިރާވަޅުފަޅުން ޖުމުލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައި ވެއެވެ. ގިރާވަރުފަޅުން 5000 ވުރެ ގިނަ ގޯތި ވަނީ ދޫކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް