ރާއްޖެ

ހަ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާ ދެމީހުން ހައްޔަރުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާ ދެމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި އިންޑިއާގެ ދެ މީހުން --- ފޮޓޯ: ޕޮލިސް

ރާއްޖެއަށް ހަ ކިލޯއަށްވޔރެ ގިނަ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ ޔުތިޝް ރާޖް ރާޖަން (27އ) އާއި އީޝްވަރުމުރިތީ ޝަންމުގަމް (24އ) ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ މިމާރިޗު މަހުގެ 20 ވަނަ ދުވަހުގައެވެ. އެމީހުންގެ އަތުން 6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު ކަމުގައި، ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައި ވެއެވެ. އެމީހުން އަތުލައިގަނެ މަސްތުވާތަކެއްޗާއި އެކު މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ހަވާލުކޮށްފައި ވަނީ ކަސްޓަމްސްއިންނެވެ.

މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް