ރާއްޖެ

އަނެއްކާވެސް ވިޔަފާރި ބަނދަރާއި ދިމާ ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަނެއްކާވެސް ވިޔަފާރި ބަނދަރާއި ދިމާ ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ފައިލް ފޮޓޯ، މެރިން ޕޮލިސް

މާލޭ ވިޔަފާރި ބަނދަރާއި ދިމާ ބޭރުގައި، އޮތް އެމް.ޕީ.އެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިއެކްސިޑެންޓްގެ މައުލޫމާތު، މައުލޫމާތު، ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 10:39 އެހާއިރު ކަމަށެވެ. އެކްސިޑެންޓްވި ލޯންޗަކީ، މަޚުމާ އެކްސްޕްރެސް ނަމަކަށް ކިޔާ، ތ. އަތޮޅާއި މާލެއާ ދެމެދު ފެރީ ދަތުރުކުރާ ލޯންޗެއް ކަމަށް އެނގިފައިވެއެވެ.

މިހާދިސާ އާއި ގުޅިގެން ލޯންޗުގެ ކެޕްޓަނަށް އަނިޔާވެފައިވާ ކަމަށާއި އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމުގައި، ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، ލޯންޗު ކެޕްޓަންގެ ހާލު ސީރިއަސް ނޫންކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެކްސިޑެންޓް ހިނގި އިރު ލޯންޗްގައި ތިބީ ކެޕްޓަންގެ އިތުރުން 3 ފަޅުވެރިން ކަމަށެވެ. އަދި މި އެކްސިޑެންޓްގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް