ރިޒޯޓެއްގެ ޕޫލަށް ވެއްޓި ދިވެހި ތުއްތު ކުއްޖަކު މަރުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ މައި އިދާރާ-- ފޮޓޯ: ރައްޔިތުންގެ ނޫސް
މާލެ އަތޮޅުގެ ރިޒޯޓެއްގެ ސްވިމިންގ ޕޫލަކަށް ވެއްޓި ދިވެހި ތުއްތު ފިރިހެން ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިހާދިސާގައި މަރުވެފައި ވަނީ އުމުރުން 2 އަހަރުގެ ކުއްޖެވެ. އެކުއްޖާ މަރުވީ ޕޫލަށް ވެއްޓި ގެނބިގެން ކަމުގައި މައުލޫމާތު ލިބިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، 2026 މާރިޗު 20 ވަނަ ދުވަހުގެ ރޭ ދަންވަރު 12:54 އެހައިކަންހާއިރު އޭޑީކޭ ހޮސްޕިޓަލުން ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މަރުގެ މިމައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުން އަންނައިރު، ހއ. އުތީމުގައިވެސް އުމުރުން އެންމެ 9 ދުވަސްވީ ތުއްތު ކުއްޖަކު މިމަހުގެ 18 ވަނަ ދުވަހު ނިޔާވި މައްސަލައެއްވެސް ފުލުހުން އަންނަނީ ތަޙްޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް