ރައްޔިތުންގެ ނޫސް

ރައްޔިތުންގެ ނޫސް

ކުޅުދުއްފުށީގައި ފެންބޮޑުވުމާއި ގުޅޭ ދިރާސާއަކަށް ބަހައްޓާފައި ހުރި އާލާތެއް ގެއްލިއްޖެ

ކުޅުދުއްފުށީގައި ފެންބޮޑުވުމާއި ގުޅޭ ދިރާސާއަކަށް ބަހައްޓާފައި ހުރި އާލާތެއް ގެއްލިއްޖެ

އެކައުންސިލުން ވިދާޅުވީ، ގެއްލިފައިވާ އެ ލޮގަރަކީ، ދިރާސާއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ބޭނުކުރާ ވަރަށް މުޙިއްމު މަޢުލޫމާތެއް ކަމަށެވެ. ގެއްލުނު އެ އާލާތަކީ، ދިރާސާއަކީ އޭޝިއަން ޑިވޮލޮޕްމެންޑް ބޭންކްއިން ފަންޑުކޮށްގެން، ކުޅުދުއްފުށީ ސިޓީ ކައުންސިލްއާއި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ގުޅިގެން ކުރިއަށްގެންދާ "އެންހާންސިން ކްލައިމެޓް ރެޒިލިއަންސް އެންޑް ފޫޑް ސެކިއުރިޓީ" މަޝްރޫއުގެ ދަށުން ކުރެވޭ ދިރާސާގެ ބޭނުމަށް، މާފަލު ފެންގަނޑު ތެރޭގައި ހަރުކޮށްފައިވާ އާލާތެއް ކަމުގައިވެސް ކުޅުދުއްފުށީ ސިޓީކައުންސިލުން ވިދާޅުވިއެވެ.

އިތުރަށް ކިޔާ
ޒަމީރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކަމަށް ޕޯސްޓްތައް ހަދައި ފަތުރަނީ ޕާޓީ ފިތުނަކުރަން

ޒަމީރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކަމަށް ޕޯސްޓްތައް ހަދައި ފަތުރަނީ ޕާޓީ ފިތުނަކުރަން

މިނިސްޓަރ ޒަމީރުގެ އާއިލީ ގާތް ބޭފުޅަކު، ވިދާޅުވީ، އެފަދަ ޕޯސްޓްތައް ހަދައިގެން ފަތުރަނީ، ޕީއެންސީގެ ލީޑަރޝިޕްގެ ތެރޭގައި ފިތުނަވެރިކަން އުފައްދައި ބައިބައިކޮށް މިނިސްޓަރ ޒަމީރުގެ އިޚްލާސްތެރި މަސައްކަތްޕުޅު ތަކާއިމެދު ޝައްކުތައް އުފެއްދުމަށް ކަމަށް ފެންނަ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މީހުން ފަތުރާ އެފަދަ ވާހަކަތަކަށް، މިނިސްޓަރ ޒަމީރު ސަމާލުކަން ނުދެއްވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާ
ސަން ފްލާވަރ ތެލާއި ކިރު ގެނައުމުގެ މަސައްކަތް އަވަސްކުރަނީ

ސަން ފްލާވަރ ތެލާއި ކިރު ގެނައުމުގެ މަސައްކަތް އަވަސްކުރަނީ

އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ ދެ ބާވަތްކަމަށްވާ ސަން ފްލާވަރ ތެލާއި ކިރު ގެނައުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ވިޔަފާރިވެރިން އެދިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މެދުއިރުމަތީގެ ހާލަތާއި ބާޒާރުގެ އަގުތަކާއި މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅިގެން ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިތުރަށް ކިޔާ
ފީނަންގޮސް އުޅެނިކޮށް ގެއްލުނު ނޭޕާލް މީހާ ނިޔާވެއްޖެ

ފީނަންގޮސް އުޅެނިކޮށް ގެއްލުނު ނޭޕާލް މީހާ ނިޔާވެއްޖެ

ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި ފީނަންގޮސް އުޅުނު މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 06:30 ހާއިރެވެ. އަދި ފުލުހުން ކުރި މަސައްކަތުން އޭނާ ފެނުނީ ހެނދުނު 06:55 ހާއިރު މޫދު އަޑީގައި އޮއްވައެވެ.

އިތުރަށް ކިޔާ
ހުރާ އިންޖީނުގޭ ސްޓެލްކޯއިން ހަވާލުވެ ތަރައްޤީކުރަން ފަށައިފި

ހުރާ އިންޖީނުގޭ ސްޓެލްކޯއިން ހަވާލުވެ ތަރައްޤީކުރަން ފަށައިފި

ސްޓެލްކޯއިން ވިދާޅުވީ، ކ. ހުރާގެ ކަރަންޓުގެ ޚިދުމަތާ އެ ކުންފުނިން ހަވާލުވުމަށްފަހު، އެ ރަށުގައި ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އިތުބާރު ހިފޭ ޚިދުމަތެއް ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށެވެ. ހުރާ އިންޖީނުގޭގައި ބަހައްޓާފައިވާ 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓްގެ މޭޖަރ އޯވަހޯލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމުގައި ސްޓެލްކޯއިން ވިދާޅުވިއެވެ.

އިތުރަށް ކިޔާ
މަސްލަޙަތު ގެއްލޭގޮތަށް ވާހަކަ ފެތުރުމުން ހިތާމަކުރަން: ޣަފޫރު

މަސްލަޙަތު ގެއްލޭގޮތަށް ވާހަކަ ފެތުރުމުން ހިތާމަކުރަން: ޣަފޫރު

އެކަން ހިނގާދިޔަ ގޮތް ތަފްޞީލްކޮށްދެއްވައި، އެމްޑީޕީގެ ޗެއާޕަރސަން ޢަބްދުލްޤަފޫރު މޫސާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރޭ އެޖެންޑާގައި ހަމަޖެހިފައި އޮތީ ޕާޓީގެ ރައީސާއި ޕާޓީގެ ޗެއަރޕާސަނާއި ސިޓީތަކުގެ މޭޔަރުންނާއި ޑަބްލިއުޑީސީގެ ރައީސުންނާއި ކެމްޕެއިން ކޮމިޓީގެ މެނޭޖަރާއި ރިފަރަންޑަމް ކޮމިޓީގެ ޗެއަރ ވާހަކަ ދައްކާ ގޮތަށް އެކަނި ކަމަށެވެ.

އިތުރަށް ކިޔާ
2025 ވަނަ އަހަރު ނަފްސާނީ ފުރަތަމަ އެހީއަށް އެދި ގުޅި މީހުންގެ އަދަދު 4 ގުނަ އިތުރު

2025 ވަނަ އަހަރު ނަފްސާނީ ފުރަތަމަ އެހީއަށް އެދި ގުޅި މީހުންގެ އަދަދު 4 ގުނަ އިތުރު

ނިސްބަތުން ގިނަ މީހުން ނަފްސާނީ ފުރަތަމަ އެހީއަށް ގުޅަނީ ކަންބޮޑުވެ ހާސްވެފައިވާ ހާލަތްތަކުގައި ވާހަކަދަށްކާލަން ބޭނުންވެގެން ކަމަށް އެ ޑިޕާޓްމެންޓުން މައުލޫމާތުދޭއިރު، ހުސްވި އަހަރު އެކަނިވެސް ޖުމްލަ 10،821 މީހުންނަށް ވަނީ 1677 އަށް ގުޅާފައެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ރައްޔިތުންގެ ނޫސް"އިން ނޭޝަނަލް މެންޓަލް ހެލްތް ޑިޕާޓުމެންޓުން ހޯދާފައިވާ ހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރު އިފްތިތާހުކުރި މި ހިދުމަތުގެ ދަށުން ޖުމްލަ 2،576 ކޯލްއަށް ވަނީ ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދީފައެވެ

އިތުރަށް ކިޔާ
އިންސާނުން ހަނދަށް ދިޔަތާ ބައި ގަރުނު ފަހުން އަނެއްކާވެސް ނާސާއިން ހަނދަށް މިސްރާބުޖަހައިފި

އިންސާނުން ހަނދަށް ދިޔަތާ ބައި ގަރުނު ފަހުން އަނެއްކާވެސް ނާސާއިން ހަނދަށް މިސްރާބުޖަހައިފި

އާރޓަމިސް 2 ގެ މަގުސަދަކީ ހަނދުގައި ޖެއްސުމުގެ ބަދަލުގައި ހަނދު ވަށައިގެން ދަތުރުކުރުމަށްފަހު އެނބުރި ދުނިޔެއަށް އައުމެވެ. މި ދަތުރުގައި ހަނދު ފަހަނައަޅާ އެތައްހާސް މޭލު ދުރަށް ދަތުރުކުރާނެކަމަށް ނާސާއިން މައުލޫމާތުދެއެވެ. އަދި މި މިޝަންގެ ބައިވެރިން "ޑީޕް ސްޕޭސް ރޭޑިއޭޝަން" ތަޖުރިބާކޮށް، މިފަދަ އެހެން ދަތުރުތަކުގައި ބޭނުންވާނެ ސަލާމަތީ ނިޒާމާއި، ލައިފް ސަޕޯޓުގެ އިތުރުން އެހެނިހެން އާލާތްތައް ޓެސްޓުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާ
ހަނގުރާމައަށް މަހަކަށް ވުރެ ގިނަދުވަސްވީ ފަހުން، ހަނގުރާމައާ ގުޅިގެން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅުއްވަން ޕީޖީން ނިންމަވައިފި

ހަނގުރާމައަށް މަހަކަށް ވުރެ ގިނަދުވަސްވީ ފަހުން، ހަނގުރާމައާ ގުޅިގެން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅުއްވަން ޕީޖީން ނިންމަވައިފި

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ މައްސަލަތަކާ ވިދިގެން ދިވެހިރާއްޖެއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން، މި އޮފީހުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ނިންމަވާފައި ކަމަށެވެ.

އިތުރަށް ކިޔާ
އެމްޕީއެލްގެ އެމްޑީ ރިޝްވާން އިސްތިއުފާ ދެއްވައިފި

އެމްޕީއެލްގެ އެމްޑީ ރިޝްވާން އިސްތިއުފާ ދެއްވައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު )ޕީސީބީ(ން ވިދާޅުވީ، ރިޝްވާން އިސްތިއުފާ ހުށައަޅުއްވާފައި ވަނީ މިއަދުކަމަށާއި، އޭނާގެ އިސްތިއުފާ ޤަބޫލުކޮށް މިހާރު ރިޝްވާން އެމަޤާމުން ވަކިކޮށްފައި ވާކަމަށެވެ.

އިތުރަށް ކިޔާ
އެގްރޯނެޓްގެ އެމްޑީ ޙުސައިން ދީދީ މަޤާމުން ވަކިކުރައްވައިފި

އެގްރޯނެޓްގެ އެމްޑީ ޙުސައިން ދީދީ މަޤާމުން ވަކިކުރައްވައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ، އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ޙުސައިން ދީދީ ވަކިކުރައްވާފައި ވަނީ މިއަދުން ފެށިގެން ކަމަށެވެ.

އިތުރަށް ކިޔާ
ޑރ. ސަލްމާ އާއި މުންދު މަޤާމުން ވަކިކޮށްފި

ޑރ. ސަލްމާ އާއި މުންދު މަޤާމުން ވަކިކޮށްފި

ރައީސުލްޖުމްހޫރިއްޔާ މިނިންމެވުން ނިންމަވާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދު ރައީސް މުޢިއްޒަށް ފާޑު ވިދާޅުވެ އަދި، ޕީއެންސީއަށް ވޯޓު ދިނުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައިވާކަމަށް ބުނާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައި އެމައްސަލަ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ތެރޭގައި ގޯސްވެފައި ވަނިކޮށެވެ.

އިތުރަށް ކިޔާ
މިފްކޯއިން މަސްދަޅު ކޭސް ވިއްކާ އަގަށް ގެނައި ބަދަލު އަނބުރާ ގެންގޮސް ކުރީގެ އަގަށް ބަދަލުކޮށްފި

މިފްކޯއިން މަސްދަޅު ކޭސް ވިއްކާ އަގަށް ގެނައި ބަދަލު އަނބުރާ ގެންގޮސް ކުރީގެ އަގަށް ބަދަލުކޮށްފި

މިފްކޯއިން ވިދާޅުވީ، އެކުންފުނިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން، ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިޢާަޔަތްކޮށް، ކުރިން އޮތްގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށް މިހާރު ވަނީ ނިންމާފައި ކަމަށެވެ. އެހެންކަމުން މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ގަންނަން ލިބޭނެ ކަމަށެވެ.

އިތުރަށް ކިޔާ
ގޭހުގެ އަގަށް ބަދަލު ގެނައުމަށް މޯލްޑިވް ގޭސްއިން މަޝްވަރާ ކުރަނީ

ގޭހުގެ އަގަށް ބަދަލު ގެނައުމަށް މޯލްޑިވް ގޭސްއިން މަޝްވަރާ ކުރަނީ

މޯލްޑިވް ގޭހުގެ އެމްޑީ ޢަބްދުﷲ މުހައްމަދު ވިދާޅުވީ، ގޭސް ވިއްކާއަގަށް ބަދަލު ގެނައުމަަށް މިހާތަނަށް އަދި ނިންމާފައި ނުވާކަމަށާއި އެހެންނަމަވެސް އެކަމާއި ގުޅޭ މަޝްވަރާކުރުމަށް ކުންފުނީގެ ވެރިންގެ ބައްދުވުމެއް މިވަގުތު ކުރިޔަށްދާކަމަށެވެ. އަދި މޯލްޑިވް ގޭހުން އަގުތަކަށް ބަދަލު ގެނައުމަށް ނިންމާނަމަ އެކަން އިޢުލާނު ކުރާނެކަމުގައިވެސް ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެެވެ. އޭނާ އިތުރަށް ވިދާޅުވީ މޯލްޑިވްގޭހަށް ސަޕްލަޔަރުންގެ އަތުން ގޭސް ގަންނަން ލިބޭ އަގު %70 ވުރެ ބޮޑުވެފައިވާ ކަމަށެވެ.

އިތުރަށް ކިޔާ
​ސަބަބެއް ނާންގައި ފެނަކަ އެމްޑީ ނަޖާޙް ވަކިކޮށްފި

​ސަބަބެއް ނާންގައި ފެނަކަ އެމްޑީ ނަޖާޙް ވަކިކޮށްފި

ޕީސީބީން ސޯޝަލްމީޑިިއާގައި ކުރި ޕޯސްޓުގައި ބުނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ.ޔެލޯރޯޒް 2، މޭޖަރ )ރިޓަޔަރޑް( މުޙައްމަދު ނަޖާޙް މިއަދުން ފެށިގެން ވަނީ ވަކިކޮށްފައި ކަމަށެވެ. އެހެންނަމަވެސް އޭނާ މަޤާމުން ވަކިކުރެއްވި ސަބަބެއް ޕީސިބީންވެސް އަދި ސަރުކާރުންވެސް ހާމަކުރައްވަފައެއް ނުވެއެވެ.

އިތުރަށް ކިޔާ
މިފްކޯއިން ބުނީ އަގުބޮޑު ކުރީ ތެޔޮމަސް ދަޅު އެކަނިކަމަށް! ބޮޑުކުރީ ދަޅަކުން ރުފިޔާއެއް ކަމަށް.

މިފްކޯއިން ބުނީ އަގުބޮޑު ކުރީ ތެޔޮމަސް ދަޅު އެކަނިކަމަށް! ބޮޑުކުރީ ދަޅަކުން ރުފިޔާއެއް ކަމަށް.

މިފްކޯއިން ބުނީ، ތެޔޮ މަސްދަޅެއްގެ އަގު ބޮޑު ކުރީ ކުރީގެ އަގަށް ވުރެ އެއް ރުފިޔާ ކަމަށާއި، މިހާރު ތެޔޮ މަސްދަޅެއް ވިއްކާ އަގަކީ، 18ރ 50ލާރި ކަމަށެވެ. އަދި 48 ދަޅުގެ ތެޔޮމަސް ކޭހެއް ވިއްކާ އަގު ބޮޑުކޮށްފައި ވަނީ 800ރ އަށް ކަމުގައިވެސް ކުންފުނިން ބުނެފައި ވެއެވެ.

އިތުރަށް ކިޔާ
ބުރާސްފަތި ދުވަހުން ފެށިގެން ވިލާ ގޭހުގެ އަގު ބޮޑުކުރަން ނިންމައިފި

ބުރާސްފަތި ދުވަހުން ފެށިގެން ވިލާ ގޭހުގެ އަގު ބޮޑުކުރަން ނިންމައިފި

އެކުންފުނިން ކަސްޓަމަރުންނަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައި ވަނީ، އޭޕްރީލް 9 ވަނަ ދުވަހުން ފެށިގެން އާއްމު ގޭބިސީތަކުގައި ބޭނުންކުރާ ސައިޒު ކަމަށްވާ، 10 ކިލޯގެ ގޭސްފުޅި ދެން ވިއްކާނީ 350ރ އަށް ކަމަށެވެ.

އިތުރަށް ކިޔާ