Post banner
ރާއްޖެ

މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕް މާދަމާ ފުރަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕް މާދަމާ ފުރަނީ

ހައްޖުވެރިންގެ ފޮށިތައް އެއާޕޯޓަށް ގެންނަނީ --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕް މާދަމާ މެންދުރުފަހު ފުރާނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ، 1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ދިވެހިރާއްޖެއިން ވަޑައިގަންނަވާ ޙައްޖާޖީންގެ ފުރަތަމަ ގުރޫޕު ފުރާނީ، ސަޢޫދީ އެއާލައިންގެ ފުލައިޓެއްގައި މެންދުރުފަހު 15:25 ގައި ކަމަށެވެ. ފުރަތަމަ ފްލައިޓުގައި 235 ޙައްޖުވެރިން މާދަމާ ފުރާނެ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއިން 1000 މީހުން ހައްޖަށްދާއިރު، ހައްޖަށްދާ މީހުން ފުރާނީ، 4 ފްލައިޓެއްގައެވެ. ފުރަތަމަ ގުރޫޕް މާދަމާ ފުރާއިރު، ދެވަނަ ގުރޫޕް ފުރާނީ އާދީއްތަ ދުވަހުގައެވެ. އަދި ތިންވަނަ ގުރޫޕް ހޯމަ ދުވަހު ފުރާއިރު، އެންެމެ ފަހު ގުރޫޕް ފުރާނީ މިމަހުގެ 19ވާ އަންގާރަ ދުވަހުގައެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ހައްޖު ދުވަސް ވާނީ، މި މަހުގެ 26ވާ އަންގާރަ ދުވަހަށެވެ.

ހައްޖުވެރިން މާދަމާ ފުރަން ފަށާއިރު، ޓްރެފިކް ބެލެހެއްޓުމަށް ހަމަޖައްސަވާފައިވާ އިންތިޒާމްތަކަށް ރައްޔިތުން އެއްބާރުލުން ދެއްވުމަށް ފުލުހުންގެ އިދާރާއިން ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް