ރައްޔިތުންގެ ނޫސް

ރައްޔިތުންގެ ނޫސް

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އިފުތިތާޙްކޮށްފި

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އިފުތިތާޙްކޮށްފި

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ރެއިން ފެށިގެން، މެދު ނުކެނޑި 24 ގަޑިއިރު ލިބޭނެ ކަމުގައި، ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މާލޭ ޓެކްސީ ލައިންގެ ނަމްބަރަކީ، 1655 އެވެ. މި ޚިދުމަތުގައި ބޭނުންކުރާނީ، ތިމާވެއްޓާ ރަޙުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް )އީ.ވީ( އެވެ.

އިތުރަށް ކިޔާ
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ އޮޓޮޕްސީ ހަދަން ނިންމައިފި

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ އޮޓޮޕްސީ ހަދަން ނިންމައިފި

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށާއި، އަދި މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން މީޑިއާ އަށް ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެކަމަށެވެ.

އިތުރަށް ކިޔާ
ރަސްމީ ދުވަސްތަކުގެ އަދަދު 4އަށް މަދުކުރަން ގިނަ މީހުން ތާއީދު ކުރޭ

ރަސްމީ ދުވަސްތަކުގެ އަދަދު 4އަށް މަދުކުރަން ގިނަ މީހުން ތާއީދު ކުރޭ

މާއްދާ4 ޕްލެޓްފޯމުގައި، ސަރުކާރުގެ ރަސްމީ ދުވަސްތަކުގެ އަދަދު، 4އަށް މަދުކުރަން ފެނޭތޯ އާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުމުން، އެޕޯލަށް ވޯޓުދިން މީހުންގެ ތެރެއިން، %85 އިންސައްތަ މީހުން ބުނެފައި ވަނީ، ރަސްމީ ދުވަސްތަކުގެ އަދަދު މަދު ކުރަން ފެންނަ ކަމަށެވެ. އަދި ރަސްމީ ދުވަސްތަކުގެ އަދަދު މަދު ކުރަން ނުފެންނަ ކަމަށް ބުނެފައި ވަނީ، %15ން މީހުންނެވެ.

އިތުރަށް ކިޔާ
ސަރުކާރު މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާ މައްސަލަ ބޮޑުވެއްޖެ

ސަރުކާރު މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާ މައްސަލަ ބޮޑުވެއްޖެ

ސަރުކާރުގެ ޙިއްޞާވާ ބައެއް ކުންފުނިތަކާއި، ސިވިލް ސަރވިސްގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ވަނީ އެކަމުގެ ކަންބޮޑުވުންތައް "ރައްޔިތުންގެ ނޫހަށް" ޙިއްޞާކޮށްފައެވެ. މައުލޫމާތު ޙިއްޞާކުރި ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ ސަރުކާރުގެ މުވައްޒަފަކު ބުނީ، އޭނާ މަސައްކަތް ކުރާ ހޮސްޕިޓަލުުން މިދިޔަ އަހަރުން ފެށިގެން ޕެންޝަނަށް ފައިސާ ނުދައްކާމަކަށެވެ. އެހެން ނަމަވެސް ކޮންމެ މަހަކުވެސް މުވައްޒަފުގެ މުސާރައިން ޕެންޝަނަށް ޖަމާކުރަން ޖެހޭ ފައިސާ ކަނޑަމުން ގެންދާ ކަމަށާއި، އެ ފައިސާ ޕެންޝަން ފަންޑަށް ޖަމާކޮށްފައިވާ ކަން އެކައުންޓް ސްޓޭޓްމަންޓްތަކުން ނުފެންނަ ކަމަށެވެ.

އިތުރަށް ކިޔާ
ޑައިވިންގ ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު މަރުވެއްޖެ

ޑައިވިންގ ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު މަރުވެއްޖެ

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9:59 ހާއިރުގައި ކަމަށެވެ. މިހާދިސާގައި މަރުވެފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ޖަރުމަނުގެ ފަތުރުވެރިއެކެވެ.

އިތުރަށް ކިޔާ
ހުޅުމާލެ ފޭސް 1ގައި އަޅާ ފްލެޓްތަކުގެ ބިންގާ އަޅައިފި

ހުޅުމާލެ ފޭސް 1ގައި އަޅާ ފްލެޓްތަކުގެ ބިންގާ އަޅައިފި

މި ހައުސިންގ ޔުނިޓްތައް އަޅަނީ، ޕޮލްކޯ ޓަވަރުގެ އިރުން އޮތް ބިމުގައެވެ. މިހައުސިންގ ޔުނިޓްތަކުގެ ބިންގާ އެޅުމަށާއި ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އިތުރަށް ކިޔާ
އިޒްރޭލުގެ ޖަލުތަކުގައި ތިބި އެތައް ހާސް ފަލަސްޠީނު މުސްލިމުން މަރާލަން ޤާނޫނު ފާސްކޮށްފި

އިޒްރޭލުގެ ޖަލުތަކުގައި ތިބި އެތައް ހާސް ފަލަސްޠީނު މުސްލިމުން މަރާލަން ޤާނޫނު ފާސްކޮށްފި

މިޤާނޫނަކީ، ހަރުކަށި ހައްދުފަހަނައެޅި ޖަމާޢަތްތަކުން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޤަޠުލްޢާއްމުގެ ތެރެއިން ހިންގާ ޤާނޫނުން ބާރުހޯދައިގެން ހިންގުމަށް ރާއްވާފައިވާ ޤަޠުލުޢާއްމެއް ކަމުގައި ފަލަޞްޠީނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އިތުރަށް ކިޔާ
ހިޔާ ފްލެޓް ވެރިންނަށް 1 ބިލިއަން ރުފިޔާގެ ޑިސްކައުންޓެއް، ބައެއް ފްލެޓްވެރިން 2 އަހަރުވަންދެން ކުލި ދައްކަން ނުޖެހޭނެ

ހިޔާ ފްލެޓް ވެރިންނަށް 1 ބިލިއަން ރުފިޔާގެ ޑިސްކައުންޓެއް، ބައެއް ފްލެޓްވެރިން 2 އަހަރުވަންދެން ކުލި ދައްކަން ނުޖެހޭނެ

އެސިޓީގައި ބަޔާންކޮށްފައިވާ ގޮތުން އެ ޑިސްކައުންޓަކީ، ފްލެޓްތަކުގެ ފިނިޝިންއަށް ފްލެޓްތަކުގެ ވެރިން ކުރި ޚަރަދުގެ ބަދަލުގައި 2 ލައްކަ ރުފިޔާ އަނބުރާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން ގެނައި ބަދަލެކެވެ. މީގެ ކުރިންވެސް ވަނީ އެފައިސާ ދެއްވުމުގެ ގޮތުން ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދީ އެތަންތަނުގެ ކުލީގެ މުއްދަތު އިތުރުކޮށްފައެވެ.

އިތުރަށް ކިޔާ
ޚަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތައް ނާޅަނީ ކުރިޔަށް އިންތިޚާބު އޮތުމުން ނޫން ކަމުގައި ރައީސް ވިދާޅުވެއްޖެ

ޚަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތައް ނާޅަނީ ކުރިޔަށް އިންތިޚާބު އޮތުމުން ނޫން ކަމުގައި ރައީސް ވިދާޅުވެއްޖެ

މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައާ ދިވެހިރާއްޖެއަށް ކުރިމަތިވަމުން އަންނަ އިޤުތިޞާދީ ދަތިކަމާއި ގުޅިގެން ރާއްޖެއިން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާތީ އާއި އިންތިޚާބާއި ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާތައް އިތުރުކުރަމުން އަންނާތީ، އާއްމުންނާއި ސިޔާސީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިތުރަށް ކިޔާ
ލޯންޗު ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓަައެއް ނުލާ - އެމްއެންޑީއެފް

ލޯންޗު ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓަައެއް ނުލާ - އެމްއެންޑީއެފް

މިމާރިޗު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިނގި އެހާދިސާގައި ގެއްލިފައި ވަނީ، އިންޑިއާގެ ދެ ރައްޔިތުން ކަމުގައިވާ، އިންޑިއާގެ މަޝްހޫރު ސްޕޯޓްސް ކާރ ޑްރައިވަރު ހަރީ ސިންގ އާއި އިންޑިއާ އަސްކަރިއްޔާގެ ކުރީގެ ނޭވީ ކެޕްޓަން މަހޭޝް ރަމްޗަންދަރްއެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކަމާއި ބެހޭ ފަރާތްތަކުން ލަފާކޮށްފައި ވަނީ، އެމީހުންގެ ހަށިގަނޑުތައް ފަރުގެ ކޮންމެވެސް ހިސާބެއްގައި ތާށިވެފައި އޮވެދާނެ ކަމަށެވެ.

އިތުރަށް ކިޔާ
މާލެއަށް އެއްޗެހީގައި ހިޔަނި ނުހުންނަ ވަގުތެއް އަންނަނީ

މާލެއަށް އެއްޗެހީގައި ހިޔަނި ނުހުންނަ ވަގުތެއް އަންނަނީ

މިދުވަސްވަރަކީ، ހޫނު މޫސުމުގެ ދުވަސްވަރަށް ވެފައި އިރު ސީދާ މާލޭގެ މައްޗަށް އަރާފައި ވުމާއިއެކު، އިޙްސާސްކުރެވޭ ހޫނުމިންވެސް މަތިވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

އިތުރަށް ކިޔާ
މާކުރަތުގެ ކަރަންޓްގެ މައްސަލަ ހައްލުނުވެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް

މާކުރަތުގެ ކަރަންޓްގެ މައްސަލަ ހައްލުނުވެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް

ރައްޔިތުންގެ ނޫހާއި މައުލޫމާތު ހިއްސާކުރި މާކުރަތުގެ ރައްޔިތަކު ބުނީ، އެރަށުގައި ވޯލްޓޭޖް ޑްރޮޕްވުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި، 160 ވޯޓަށްވުރެ މަތިން ކަރަންޓް ނުލިބޭ ކަމަށެވެ. އެކަމުގެ ސަބަބުން އާއްމުންގެ ގޭގޭގައި އޭސީއާއި ފެންމޯޓަރާއި އަދި ޑީފްރީޒަރފަދަ ތަކެތި ބޭނުން ނުކުރެވޭ ކަމަށާއި، އަދި ރަނގަޅަށް ކަރަންޓް ނުލިބޭތީ ކަރަންޓުން ބޭނުން ކުރާ ތަކެތި ހަލާކުވުމުގެ މައްސަލަވެސް ވަރަށް ބޮޑު ކަމުގައި ރައްޔިތުންގެ ތެރެއިން މައުލޫމާތު ދިން މީހުން ބުންޏެވެ. އަދި އެމައްސަލަ އެގޮތަށް ދިމާވަމުން އަންނަތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ ކަމުގައިވެސް ރައްޔިތުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާ
ފިޔޯރީގައި މަސް ހިފަން ގޮސް އުޅުނު މީހަކު ނިޔާވެއްޖެ

ފިޔޯރީގައި މަސް ހިފަން ގޮސް އުޅުނު މީހަކު ނިޔާވެއްޖެ

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދުގެ 13:42 އެހާކަންހާއިރުގައި ކަމަށެވެ. އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދީފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

އިތުރަށް ކިޔާ
ބިދޭސީ މީހަކު ކިޑްނެޕްކޮށްގެން އުޅުނު ބަނގުލަދޭޝްގެ ފަސްމީހުން ހައްޔަރުކޮށްފި

ބިދޭސީ މީހަކު ކިޑްނެޕްކޮށްގެން އުޅުނު ބަނގުލަދޭޝްގެ ފަސްމީހުން ހައްޔަރުކޮށްފި

އެމީހުންނަކީ، އެމް.ޑީ ހޮސައިން )30އ( އާއި އެމް.ޑީ މެހެދި ހަސަން )34އ( އާއި އެމް.ޑީ ޝާ އަލަމް )39އ( އާއި ސަރފިފް ހަސަން )38އ( އާއި ރަސަލް )20އ( އެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުގައި ކަމަށެވެ.

އިތުރަށް ކިޔާ
ކައިވެންޏަށް 8 އަހަރު ފަހުން ދެމަފިރިއަކަށް ލިބުނު ހަމައެކަނި ދަރިފުޅު 11 މަހުގައި ނިޔާވީ އާސަންދައިގެ ދަށުން ފަރުވާއަށް ގެންދެވުނުލެއް ލަސްވެގެން

ކައިވެންޏަށް 8 އަހަރު ފަހުން ދެމަފިރިއަކަށް ލިބުނު ހަމައެކަނި ދަރިފުޅު 11 މަހުގައި ނިޔާވީ އާސަންދައިގެ ދަށުން ފަރުވާއަށް ގެންދެވުނުލެއް ލަސްވެގެން

އުމުރުން 11 މަހުގެ މިކުއްޖާ ނިޔާވެފައި ވަނީ، މިމަހުގެ 18 ވަނަ ދުވަހު، އިންޑިއާގެ ރާޖަގިރީ ހޮސްޕިޓަލުގައެވެ. ކުއްޖާގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި އެކުއްޖާ، ޑެންގޫހުންޖެހި ހާލުގޯސްވި، އެ ތުއްތުކުއްޖާ އިންޑިއާއަށް އިތުރު ފަރުވާއަށް ގެންދެވުނީ، ޑޮކްޓަރުން އެކުއްޖާ އެމާރޖެންސީގައި ރާއްޖެއިން ބޭރަށް ގެންދިޔުމަށް އެންގިތާ 8 ދުވަސް ފަހުންނެވެ.

އިތުރަށް ކިޔާ
ބ. ގޮއިދޫގައި އިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައަޅައިފި

ބ. ގޮއިދޫގައި އިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައަޅައިފި

ކައުންސިލުން ގެޒެޓުކޮށްފައިވާ އިއުލާނުގައިވާގޮތުން ބީޗް ސަރަހައްދުގައި އިމާރާތްކުރެވޭނެ އެންމެ ބޮޑު އުސްމިނަކީ  ގްރައުންޑް ލެވެލްއިން ފެށިގެން ފުރާޅުގެ އެންމެ އުސްހިސާބަށް 42 ފޫޓެވެ. އެއީ ގާތްގަނޑަކަށް 4 ބުރިއެވެ.  އަދި ރަށުގައި އާންމުންދިރިއުޅޭ ސަރަޙައްދުގައި އިމާރާތްކުރެވޭ އެންމެ ބޮޑު އުސްމިނަކީ  ގްރައުންޑް ލެވެލްއިން ފެށިގެން ރޫފްބީމްގެ މަތީ ކައިރިއަށް  62 ފޫޓެވެ. އެއީ ގާތްގަނޑަކަށް 6 ބުރިއެވެ.

އިތުރަށް ކިޔާ
ވޯޓުލާ ސަރަހައްދުތަކުގައި ޓެންޓު ޖަހަން ޝުޖާއުގެ ކުންފުންޏަށް 5 މިލިއަނެއްހާ ރުފިޔާ!

ވޯޓުލާ ސަރަހައްދުތަކުގައި ޓެންޓު ޖަހަން ޝުޖާއުގެ ކުންފުންޏަށް 5 މިލިއަނެއްހާ ރުފިޔާ!

އިލެކްޝަންސް ކޮމިޝަނުން އެވޯޑުކޮށްފައިވާ ޕްރޮކިޔުމަންޓާބެހޭ މައުލޫމާތު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އެގޮތުން އެ ލިޔެކިޔުންތަކުން ފެންނަ ގޮތުން ޖުމްލަ 5،136،848.8 މިލިއަން ރުފިޔާ އެ މުއައްސަސާއިން ވަނީ 2026 މާރިޗު 25 ވަނަ ދުވަހު އެވޯޑުކޮށްފައެވެ. އޭގެތެރެއިން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ބޭނުންކުރާ ޓެންޓު ޖެހުމަށް ޝުޖާއުގެ ހިއްސާއޮންނަ ކުންފުނި އޮފިޝަލް އިވެންޓްސްއަށް ޖުމްލަ 4،994،848،80 މިލިއަން ރުފިޔާ ވަނީ އެވޯޑުކޮށްފައެވެ.

އިތުރަށް ކިޔާ
ވޯޓުފޮއްޓާއި އެހެނިހެންތަކެތި އަތޮޅުތަކަށް ފޮނުވަން ފަށައިފި

ވޯޓުފޮއްޓާއި އެހެނިހެންތަކެތި އަތޮޅުތަކަށް ފޮނުވަން ފަށައިފި

އެކޮމިޝަނުން ވިދާޅުވީ، އަތޮޅުތަކުގައި ޤާއިމުކުރާ 347 ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފައި ވަނީ މިއަދު އިއްޔެ ކަމަށެވެ. މިގޮތުން މިއަދު ވައިގެމަގުން ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ،ރ،ތ،ލ،ގއ،ގދ،ސ.އަތޮޅު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ކަމަށެވެ.

އިތުރަށް ކިޔާ
"ދީނުގެ މަގު" މަޖައްލާގައި އީރާނުގެ ޝިޢީންނަކީ އިސްލާމުން ނޫންކަމަށް ބުނެފި

"ދީނުގެ މަގު" މަޖައްލާގައި އީރާނުގެ ޝިޢީންނަކީ އިސްލާމުން ނޫންކަމަށް ބުނެފި

ދީނުގެ މަގުގެ މިއަދުގެ އަދަދުގައި ޝާއިޢުކޮށްފައިވާ މި މަޒުމޫނުގައި ހިމަނާފައި ހުރި ވާހަކަތަކާއި ގުޅިގެން، ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންވެސް އަންނަނީ އެކަމާއި މެދި ކަންބޮޑުވުންފާޅު ކުރަމުންނެވެ. އެކަމާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި އައްޝައިޚާ ސާމިޔާ ޒަކަރިއްޔާ ފޭސްބުކްގައި ކުރެވި ޕޯސްޓުގައި ވިދާޅުވީ، އީރާނަކީ އިސްލާމީ ދަޢުލަތެއް ކަމަށާއި، އެތަނުގައި ތަފާތު ފިރުޤާތަކުގެ މީހުން އުޅޭކަމަށާއި ބާޠިލް ފިރުޤާތައް ވެސް އުޅޭކަމަށެވެ. އެހެން ނަމަވެސް އެންމެނަށް ކުފުރު ނިސްބަތް ނުކުރެވޭނެ ކަމުގައި ސާމިޔާ ޒަކަރިއްޔާ ވިދާޅުވިއެވެ.

އިތުރަށް ކިޔާ
ވިނަރެސް ފްލެޓެއްގައި އިންޑަސްޓްރިއަލް ލެވެލްގައި ލޯންޑަރީއެއް ހިންގަނީ

ވިނަރެސް ފްލެޓެއްގައި އިންޑަސްޓްރިއަލް ލެވެލްގައި ލޯންޑަރީއެއް ހިންގަނީ

އެކަން ރައްޔިތުންގެ ނޫހާއި ހިއްސާކުރި ފަރާތުން ވަނީ، އެތަނުގެ ސަބަބުން އެ އެއިމާރާތުގައި ދިރިއުޅޭ އެހެން ފަރާތްތައްވެސް ނުރައްކަލަށް ހުށައެޅޭކަން ފާހަގަކޮށްފައެވެ. މިގޮތުން އެތަނުގެ ތެރޭގައި، އިންޑަސްޓްރިއަލް ބޮޑެތި ދޮންނަ މެޝިންތައް ބަހައްޓާފައި ވާއިރު، ދޮންނަ ފޮއްޗާއި އެނޫންތަކެތި ހިއްކުމަށް އެލްޕީޖީ ގޭސް ބޭނުން ކުރާ ބޮޑެތި ޑްރައިން މެޝިންތައްވެސް ވަނީ ބައްހަޓާފައެވެ.

އިތުރަށް ކިޔާ