އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ފުރުން މަނާކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހުސައިން ފިޔާޒު މޫސާ / އަތަމާގެ، ތ.ވިލުފުށި --
އޮންލައިން ނޫސް އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ޕާސްޕޯޓު ފުލުހުން ހިފަހައްޓައިފިއެވެ.
ކްރިމިނަލް ކޯޓުން ފިޔާޒުގެ ފުރުން މަނާކޮށްފައި ވަނީ، މާރިޗު މަހުގެ 28 ވަނަ ދުވަހު، އޮންލައިން ނޫސް އަދަދުން ގެނެސްދީފައިވާ އައިޝާ ޑޮކިއުމެންޓްރީގެ މައްސަލައިގެ ތަޙްޤީޤާއި ގުޅިގެންނެވެ. އަދި ކުރިމިނަލްކޯޓުން އެއަމުރު ނެރެދީފައި ވަނީ، ފިޔާޒު ރާއްޖެއިން ފުރައިގެން ދާން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމަތު ލިބިފައިވާކަމަށް ފުލުހުން ކޯޓަށް މައުލޫމާތު ދީފައި ވާތީއެވެ.
އެއަމުރުގައި ވާގޮތުން ފިޔާޒު ރާއްޖެއިން ފުރުން މަނާކޮށްފައި ވަނީ، މިއަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު ނުހަމަގުޅުންތަކެއް ބޭއްވިކަމަށް ބުނެ އަންހެނަކު ދީފައިވާ އިންޓަވިއުއެއްގެ މައްޗަށް އަދަދު ނޫހުން އައިޝާގެ ނަމުގައި ޑޮކިއުމެންޓްރީއެއް ތައްޔާރުކޮށް އާއްމުކޮށްފައި ވަނީ 28 މާރިޗު 2026 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް