ޕީސީބީން އިސްތިއުފާދެއްވި އަނަސް މިފްކޯއަށް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މުޙައްމަދު އަނަސް ---
ޕީސީބީގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާދެއްވި، މުޙައްމަދު އަނަސް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަޤާމަށް ޢައްޔަނުކުރައްވައިފިއެވެ.
އޭނާ މިފްކޯއަށް ޢައްޔަނުކުރައްވާފައި ވަނީ، މިއަދުން ފެށިގެން ކަމުގައި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ހާމަކުރައްވާފައެވެ.
މުޙައްމަދު އަނަސް އަކީ މީގެ ކުރިންވެސް ސަރުކާރުގެ މާލީ އިދާރާތަކުގައި އިސްމަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ޕީސީބީން އޭނާ އިސްތިއުފާ ދެއްވި އިރު، އެމަޤާމުން އިސްތިއުފާ ދެއްވި ސަބަބެެއް ހާމަކުރައްވާފައެއް ނުވެއެވެ.
ލޯކަލްކައުންސިލް އިންތިޚާބާއި، ޚިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބަށްފަހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ، ސަރުކާރުގެ މަޤާމުތަކުން މީހުން ވަކިކުރެއްވުމާއި، ބަދަލުކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް