ޖަލަށް ގިނަ އަދަދެއްގެ ފޯނާއި ޗާޖަރާއި ކައްޓާތަކެއް ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރ. މަޑުއްވަރި / މާސް، މުޙައްމަދު ޝަހީރު )28އ( -- ފޮޓޯ: ޕޮލިސް
މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނާއި ޗާޖަރާއި ކައްޓާތަކެއް ވައްދަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ރ. މަޑުއްވަރި / މާސް، މުޙައްމަދު ޝަހީރު (28އ) ކަމަށެވެ. އޭނާއަކީ، މޯލްޑިވްސް ކަރެކްޝަންސް ސަރވިސްގައި މަސައްކަތް ކުރާ މީހެއް ނޫނެވެ.
ފުލުހުން އޭނާ ހުއްޓުވައި ބަލައިފާސްކޮށް ހައްޔަރުކޮށްފައި ވަނީ، އިއްޔެ މާފުށީ ޖަލުގެ ގޭޓުކައިރިން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ފުލުހުންގެ އިދާރާއިިން ވިދާޅުވީ، އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 17 ސްމާޓް ފޯނާއި، 35 ޗާޖިންގ ކޭބަލާއި، 29 ޖޮއިންޓާއި، އެޑަޕްޓަރަކާއި، ހަތަރު ކައްޓާއާއި، ޕެން ޑްރައިވްގެ އިތުރުން އެހެނިހެން ތަކެތި އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ޝަހީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް