ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމް ގޯސްވެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ، މިރޭގެ 23:00 އިން ފެށިގެން ފަތިހު 5:00އަށެވެ. ވައިޓް އެލާޓް ނެރެފައި ވަނީ، ޅ އަތޮޅުންފެށިގެން އައްޑުއަތޮޅާއި ދެމެދުގެ ހުރިހާ އަތޮޅަކަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ބޯކޮށް ވެހުމާއި އެކު ވިދައި ގުގުރާނެ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމުގައިވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް