ފޯކައިދޫ ޕޮލިސް އިންޗާޖުގެ ސައިކަލުގައި އަލިފާންޖަހައި އަންދާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފޯކައިދޫ ޕޮލިސް ސްޓޭޝަންގެ ސްޓޭޝަން އިންޗާޖް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު މަންޞޫރުގެ ސައިކަލުގައި އަލިފާން ޖަހައި އަންދާލައިފިއެވެ.
މިކަން ހިނގާފައި ވަނީ މިރޭގައެވެ.
އެސައިކަލުގައި ބަޔަކު ނުވަތަ މީހަކު ގަސްތުގައި ރޯކޮށްލީ ކަމަށް ބެލެވޭ ކަމުގައި އެރަށުގެ ބައެއް މީހުން ބުނެފައި ވެއެވެ. އަދި އެކަމާއި ގުޅިގެން އެމައްސަލަ ބަލައި ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމަށްވެސް އެރަށުގެ އާއްމު ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި ވަނީ ގޮވާލާފައެވެ.
ފުލުހުންނަށް އަމާޒުކޮށް، މިފަދަ އަމަލުތައް މީގެ ކުރިންވެސް ހިންގާފައިވާއިރު، އެފަދަ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅެއް ނޭޅޭކަން އާއްމު ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
މިކަމާއި ގުޅޭގޮތުން މިހާތަނަށް ފުލުހުންގެ އިދާރާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް